logo

ޓީއެމްއޭއިން މުސާރަ އިޔާދަކޮށް ކެނޑި މަހުގެ މުސާރަ ދޭން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 14 ޖޫން 2026 - 10:25

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި އަލުން އިއާދަކޮށް، މުސާރަ ނުދެވި އޮތް މުއްދަތުގެ ފައިސާ ވެސް ދިނުމަށް ނިންމައިފިއެވެ.

https://wamco.com.mv/

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވަމުންދާތީ، ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޓީއެމްއޭ އިން މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމީ މެއި މަހުގެ އެއްވަނަ ދުވަހުއެވެ.

ޓީއެމްއޭގެ އިތުރުން މަންޓާ އެއަރ އިން ވެސް އެ ދުވަސްވަރު މުސާރަ ކުޑަކުރުމަށް ނިންމި ނަމަވެސް، މަންޓާ އިން އަދި މިފަދަ ބަދަލެއް ގެނައިކަން ހާމަކޮށްފައެއް ނުވެއެވެ.

ޓީއެމްއޭގެ ސީއޯއޯ އޭޔޫއެމް ފައުޒީ ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުއްވި ސިޓީގައި ކުރިން ބަޔާންކުރައްވާފައިވަނީ، ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ފަތުރުވެރިންގެ އަދަދު ދަށްވެ، އުފުލަންޖެހޭ ފަސިންޖަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

އެހެންކަމުން، ތިން މަސް ދުވަހުގެ މުއްދަތަކަށް މުސާރަ ކުޑަކުރަން ނިންމީ ކުންފުނީގެ ހިންގުން ދެމެހެއްޓުމަށްޓަކައެވެ.

އޭރު އެ ކުންފުނިން ބުނެފައިވަނީ 2025 ވަނަ އަހަރު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އާދައިގެ ހާލަތަކަށް ރުޖޫއަވުމުން މުސާރަ އިއާދަކޮށްދޭނެ ކަމަށެވެ.

ނަމަވެސް، މިހާރު ކުންފުނިން ވަނީ މުސާރަ އިއާދަކުރުމުގެ އިތުރުން، މުސާރައިން އުނިކުރި ބައި ވެސް މުވައްޒަފުންނަށް ދިނުމަށް ނިންމާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk