logo

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ޒިޔާރަތްކުރައްވައިފި

profile

މުޙައްމަދު ފަޟްލޫން - 14 ޖޫން 2026 - 10:47

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް މިއަދު މެންދުރު ޒިޔާރަތްކުރައްވައިފިއެވެ.

https://wamco.com.mv/

ހުޅުމާލޭގެ އޮރެންޖު ހިޔާގައި ހުންނަ، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ހިދުމަތްތައް ދެމުންގެންދާ މި މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބަލިމީހުންނަށް ފަރުވާދޭ ވޯޑުތަކާއި، ލޭ ހަދިޔާކުރާ ސަރަޙައްދުގެ އިތުރުން ލެބޯޓްރީއާއި ޕޭޝަންޓް ކެއަރ ސެންޓަރުގެ ޚިދުމަތްތައް ހުރިގޮތް ބައްލަވާލައްވައި، އެ ތަންތަނުގެ މިހާރުގެ ޙާލަތާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދޭ ޞިއްޙީ ފަރުވާއާއި، މާލީ އެހީތެރިކަމުގެ އިތުރުން، އެ ބަލިމީހުންނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ.

ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ބޭނުންވާ ސިއްހީ އަދި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުން ނުހަނު އަހައްމިއްޔަތުކަންދޭ ކަމެއްކަން އެމަނިކުފާނު އަބަދުވެސް ފާހަގަކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި، އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީއާއި، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk