
ވަގުތުން ވަގުތަށް ލޭ ލިބެން ހުރުމަކީ ފުރާނަ ސަލާމަތްކުރުމުގައި ނުހަނު ބޮޑު ތަފާތެއް ގެނުވައިދޭނެ ކަމެއް: ރައީސް

މުޙައްމަދު ފަޟްލޫން - 14 ޖޫން 2026 - 10:24
ވަގުތުން ވަގުތަށް ލޭ ލިބެން ހުރުމަކީ ފުރާނަ ސަލާމަތްކުރުމުގައި ނުހަނު ބޮޑު ތަފާތެއް ގެނުވައިދޭނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދީލަތި އެހީތެރިކަމުގެ ސަބަބުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށާއި، ކުއްލި ޞިއްޙީ ފަރުވާއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް، އެންމެ ބޭނުންޖެހޭ ވަގުތުގައި ފަރުވާ ކަށަވަރުވެގެންދާކަމަށެވެ.
ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ރޮނގުން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ލޭގެ މުހިންމުކަމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.
ޢާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށާއި، ގައުމީ ފެންވަރުގައި ކުއްލި ޙާލަތްތަކަށް އޮންނަ ތައްޔާރީ ފެންވަރު ހަރުދަނާކުރުމަށްޓަކައި ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ރައީސްގެ ޕޯސްޓްގައި ފާޙަގަކުރެއްވިއެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުގައި މެސެޖެއް ހިއްސާކުރައްވާފައެވެ.
މި މެސެޖުގައި އެކަމަނާ ވަނީ، ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވާ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި އުންމީދު ގެނެސްދޭ، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދީލަތިކަމުގެ އަގު ވަޒަންކުރައްވާފައެވެ.
ލޭ ހަދިޔާކުރާ ކޮންމެ ފަހަރެއްގެ ފަހަތުގައި އޯގާތެރިކަމުގެ ފުން އިޙްސާސްތަކެއް އެކުލެވިގެންވާކަން ފާހަގަކުރައްވަމުން، ނާޒުކު ޙާލަތްތަކުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކަށް، ލޭ ހަދިޔާކުރާ ފަރާތްތަކުގެ މި އެހީތެރިކަމަކީ ބިރުވެރިކަމުގެ ބަދަލުގައި އުންމީދު އާކޮށްދޭ ކަމެއްކަން އެކަމަނާ ބަޔާންކުރެއްވިއެވެ.
ފުރާނަ ސަލާމަތްކުރުމަށް އަބަދުވެސް ބޮޑެތި ކަންތައްތަކެއް ކުރުން ލާޒިމު ނޫންކަމާއި، އޯގާތެރިކަމުގެ ކުޑަކުޑަ އަމަލަކުންވެސް މީހެއްގެ ދިރިއުޅުމަށް ނުހަނު ބޮޑު ބަދަލެއް ގެނެސްދެވިދާނެކަން މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ޒިޔާރަތްކުރައްވައިފި
2 ގަޑިއިރު ކުރިން

ތިނަދޫސިޓީގައި ބާއްވާ "ނަމާދެވެ" ޕްރޮގްރާމް ފެށިގެން ކުރިޔަށް!
2 ގަޑިއިރު ކުރިން

ޓީއެމްއޭއިން މުސާރަ އިޔާދަކޮށް ކެނޑި މަހުގެ މުސާރަ ދޭން ނިންމައިފި
2 ގަޑިއިރު ކުރިން
ޑޮލަރު ކާޑުން މުއާމަލާތް ކޮށްގެން 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް!
4 ގަޑިއިރު ކުރިން


.gif&w=3840&q=75)