logo

ހުރިހާ ވަޒީރުނަށް މަޖިލީހުން ރުހުންދީފި

profile

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 09:42

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އަލުން އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

https://wamco.com.mv/

ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބޮޑެތި ބަދަލުތަކާއެކު، ބައެއް ވުޒާރާތައް އުވާލައްވައި އަދި ބައެއް އިދާރާތައް އެއްކުރައްވައި ވަނީ މުޅިން އަލުން ތަރުތީބުކުރައްވާފައެވެ. މި ބަދަލުތަކުގެ ތެރެއިން އެއްވެސް ބަދަލެއް ނައިސް އޮތީ ހަމައެކަނި ބަންޑާރަނައިބު އަޙްމަދު އުޝާމްގެ މަޤާމަށެވެ. ބާކީ ތިއްބެވި 14 ވަޒީރުންގެ ވުޒާރާތަކުގެ ނަންތަކަށް ބަދަލު އައުމާ ގުޅިގެން، އެ ބޭފުޅުންނަށް އަލުން ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މި މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ 14 ވަޒީރުންނަށްވެސް ރުހުން ދިނުމަށެވެ. ކޮމިޓީގެ އެ ރިޕޯޓަށް ރިޢާޔަތްކޮށް، މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވަކިވަކި ވޯޓުތަކުން ހުރިހާ ވަޒީރުންނަށް ރުހުން އޮތްކަމަށް ވަނީ ފާސްވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk