
ވިސާ އާއި ނުލާ 90 ދުވަހު އަޒަރުބައިޖާނަށް ދިވެހިންނަށް ދަތުރުކުރެވޭގޮތް ހަދައިފި

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 09:42
ދިވެހިރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، ދިވެހި ރައްޔިތުންނަށް ވިސާއާ ނުލައި 90 ދުވަހުގެ މުއްދަތަށް އެގައުމަށް ދަތުރުކުރެވޭނެ އިންތިޒާމު މިއަދު ހަމަޖެހިއްޖެއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ، ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދުން ފެށިގެން ޢަމަލުކުރަން ފެށުމާއެކު، އާންމު ޕާސްޕޯޓު ގެންގުޅޭ ދިވެހިންނަށް ގިނަވެގެން 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި އަޒަރުބައިޖާންގައި މަޑުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، 18 ޖޫން 2025 އިން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ވެސް މި އެއްބަސްވުމުގެ ދަށުން ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެ މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.
ނަމަވެސް، ދިގު މުއްދަތަކަށް އެ ޤައުމުގައި ހުރުމަށް ނުވަތަ ވަޒީފާ އަދާކުރުމާއި، ތަޢުލީމު ހާސިލުކުރުމުގެ އިތުރުން ވިޔަފާރިކުރުމުގެ ބޭނުމުގައި ދަތުރުކުރާ ފަރާތްތަކުން، ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ އުޞޫލުން ވިސާ ހޯދަން ޖެހޭނެކަން އެ ބަޔާނުގައި ބުނެފައިވެއެވެ.
މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަކީ ދިވެހި ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނީ ސައީދު
ގަޑިއިރެއް ކުރިން

މިއަހަރު ހައްޖަށްދާ މީހުންނަށް ފޮއްޓާއި ކިޓް ހަައްޖު ކޯޕަރޭޝަނުން ހަވާލްކުރަން ފަށައިފި
ގަޑިއިރެއް ކުރިން

ޕާޓީ ބަދަލުކުރުން މަޖިލިސް މެމްބަރު ކަމުގެ ގޮނޑިގެެއްލޭނެ ކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅައިފި
2 ގަޑިއިރު ކުރިން

ހުރިހާ ވަޒީރުނަށް މަޖިލީހުން ރުހުންދީފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)