logo

މިއަހަރު ހައްޖަށްދާ މީހުންނަށް ފޮއްޓާއި ކިޓް ހަައްޖު ކޯޕަރޭޝަނުން ހަވާލްކުރަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 10:35

މިއަހަރު ހައްޖަށްދާ މީހުންނަށް ފޮއްޓާއި ކިޓް ހަައްޖު ކޯޕަރޭޝަނުން ހަވާލްކުރަން ފަށައިފިއެވެ.

https://wamco.com.mv/

ޙައްޖުވެރިންނަށް ކިޓު ދޫކުރުމުގެ އިންތިޒާމުތައް އިސްލާމީ މަރުކަޒުގެ ހޯލުގައި މިހާރު ވަނީ ހަމަޖެހިފައެވެ.

މި ކިޓުގެ ތެރޭގައި ހިމެނެނީ ލަގެޖު ފޮށި، ހޭންޑް ލަގެޖު، ފައިވާންލާ ދަބަސް، އުނަގަނޑުގައި އަޅާ ދަބަސް، ރީތިވާ ސާމާނު އަޅާ ކުޑަ ދަބަސް، ފިރިހެނުންނަށް ހާއްސަ އިހްރާމު، ދުއާ ކާޑު އަދި ހައްޖުގެ މުހިންމު މައުލޫމާތު ހިމެނޭ ފޮތެވެ.

މީގެ ތެރެއިން ހޭންޑް ލަގެޖު ނުވަތަ މެދު ސައިޒުގެ ދަބަހަކީ ހައްޖުގެ މަނާސިކުތައް އަދާކުރާ ފަސް ދުވަހުގެ ދަތުރަށް ބޭނުންވާ ތަކެތި އުފުލުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ދަބަހެކެވެ.

ހައްޖުގެ އަޅުކަން ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ އިރުޝާދުތައް ހިމެނޭ ދުޢާ ކާޑާއި މަޢުލޫމާތު ފޮތަކީ މި ކިޓުގެ މުހިންމު ބައެކެވެ.

ހާއްސަކޮށް ދުއާ ކާޑަކީ ފަސޭހައިން ގެންގުޅެވޭނެ ކުޑަ ސައިޒެއްގެ އެއްޗަކަށް ވީނަމަވެސް، ކިޔަން ފަސޭހަވާނެހެން ބޮޑު އަކުރުން ލިޔެފައިވާ އަދި ފެންޖެހުނަސް ހަލާކުނުވާނެ ފަދަ މޮޅު ފަރުމާއެކެވެ.

މި ކިޓުގައި ހިމެނޭ ހުރިހާ ތަކެއްޗަކީވެސް އެއް ތީމަކަށް، ދަތުރަށް އެންމެ ފަސޭހަވާނެހެން ފަރުމާކޮށްފައިވާ ތަކެއްޗެވެ.

ކޮންމެ ފޮއްޓެއްގައިވެސް ރަސްމީ ލޯގޯއާއި ހައްޖުވެރިޔާގެ މަޢުލޫމާތު ހިމެނޭ ލޭބަލް ހަރުކުރެވޭނެއެވެ. ނަމަވެސް، ފޮށީގައި ހަރުކުރާ މައުލޫމާތު ކާޑާއި ކަރުގައި އަޅާ ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ޙައްޖުވެރިންނަށް ބާއްވާ ހާއްސަ ބައްދަލުވުންތަކުގައެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓް އަންނަ މަހުގެ 15 ވަނަ ދުވަހު ފުރުމަށް ތާވަލުކޮށްފައިވާއިރު، ބާކީ ހުރި ފްލައިޓްތައް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17، 18 އަދި 19 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk