
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 12:13
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މަހޭސް އިންދިރާޖިތް ސިލްވަ (42އ) އާއި ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަގެ އާއި މަންޖުލަ ކުމަރަ ރަތްނަޔަކެ މުޑިޔަންސެ އެވެ.
މި ތިން މީހުންނަކީ ވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންކަން ފުލުހުން މައުލޫމާތު ދެއެވެ.
މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މި މަހު 28 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކޮށްފައެވެ.
އެ ގެ ބަލައިފާސްކުރި އިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 24 ފުޅިއާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ޓައްޕެއް ފެނިފައިވެއެވެ. މީގެ އިތުރުން، 38000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1100 އަށްވުރެ ގިނަ ޔޫއެސް ޑޮލަރު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ އިޖުރާއަތްތައް ފުރިހަމަކުމަށްފަހު ޑީޕޯޓުކުރުމަށް، މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބާޒާރުގައި ތެލުގެ އަގު ދަށެއް ނުވޭ: ވަޒީރު މޫސާ ޒަމީރު
36 މިނިޓު ކުރިން

މާރިޗް މަހު މީރާގެ ޖުމްލަ އާމްދަނީގެ %78.51 ޑޮލަރުން
36 މިނިޓު ކުރިން

ޕީއެންސީގެ ޒިންމާއަކީ ރައްޔިތުންނަށް ފުރިހަމަ ވެރިކަމެއް ކޮށްދިނުން: ސައީދު
ގަޑިއިރެއް ކުރިން

ދާއިރާގެ ރައްޔިތުންނާއި ގުޅިގެން ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން އަރުވަން: ސައީދު
ގަޑިއިރެއް ކުރިން


.gif&w=3840&q=75)