logo
ތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަދިހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލް މެމްބަރު  އަހްމަދު ސައީދު (ސޮޑާ)

ތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަދިހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލް މެމްބަރު އަހްމަދު ސައީދު (ސޮޑާ)

ދާއިރާގެ ރައްޔިތުންނާއި ގުޅިގެން ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން އަރުވަން: ސައީދު

profile

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 12:14

ދާއިރާގެ ރައްޔިތުންނާއި ގުޅިގެން ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަދިހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލް މެމްބަރު އަހްމަދު ސައީދު (ސޮޑާ) ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަދު ޕީއެންސީ އޮފީހުގައި ބޭއްވި ޕްރެސްގައި ސައީދު ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނާއި ގުޅިގެން އިންތިހާބު ކާމިޔާބު ކުރަން ބުރަ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ޓަކައި އައްޑޫ ހިތަދޫ އަށްޓައި އަދި އައްޑޫ ސިޓީ އަށް ޓަކައި ހިތަދޫ އުތުރު ދާއިރާގެ ހައްގުގައި ދާއިރާގެ ތަރައްގީއަށް ޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ޕީޢެންސީ އާއި ގުޅިގެން ކުރާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ސައީދު ވަނީ ހިތަދޫގެ ރަައްޔިތުންނަށް އަރުވާފައެވެ.

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ ވޯޓް ސައީދު އަށް ދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk