logo

ފ. ފީއަލީގައި ކަރަންޓުގައި ޖެހި ދެބެއިންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

profile

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 12:13

ފ. ފީއަލީގައި ކަރަންޓުގައި ޖެހި ދެބެއިންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

https://wamco.com.mv/

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިއަދު އެ ދެބެއިން ދިރިއުޅޭ ވެލްކަމްގޭ ފުރާޅުމަތީގައި އުޅުމަށްފަހު ތިރިއަށް ފައިބަން އުޅުމުގެ ތެރޭގައެވެ.

ރަށުން ލިބުނު މަޢުލޫމާތުތަކަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ފުރާޅުމަތިން ފައިބަން އުޅުމުގެ ތެރޭގައި ކައިރީގައި ހުރި ހޮޅިދަނޑިއެއްގައި އަތްލެވުމުގެ ސަބަބުންނެވެ. ކަރަންޓުގައި ޖެހުމުގެ ސަބަބުން އެކަކު ބިމަށް ވެއްޓި، އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަނިޔާވި އެކެއްގެ ކަދުރާ ބިނދި، ބޮލަށްވެސް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައެވެ. މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހާދިސާ ހިނގިއިރު، ފީއަލީއަށް ދިޔައީ ވަރަށް ބޮޑަށް ވިއްސާރަކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk