
ޕީއެންސީގެ ޒިންމާއަކީ ރައްޔިތުންނަށް ފުރިހަމަ ވެރިކަމެއް ކޮށްދިނުން: ސައީދު

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 12:19
ޕީއެންސީގެ ޒިންމާއަކީ ރައްޔިތުންނަށް ފުރިހަމަ ވެރިކަމެއް ކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން ބޭއްވި ޕްރެސްގައި ސައީދު ވިދާޅުވީ ޕީއެންސީގެ ޒިންމާ އަކީ މިއަދު ފުރިހަމަ ވެރިކަމެއް ކޮށްދީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުންނާއި ގާތުން ވެރިކަން ކުރުން ކަމަށެވެ.
ރައްޔިތުން އެދޭ ފަދަ ހެޔޮ ވެރިކަމެއް ކޮށްދިނުމަކީ ޕާޓީގެ އެންމެ މުހިއްމު މަސްއޫލިއްޔަތު ކަމަށް ސައީދު ވިދާޅުވިއެވެ.
މީގެ ކުރިން ވެރިކަން ކުރެއްވި ރައީސުންނާއި އަޅާ ބަލާއިރު މިއަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންނާއި ގާތުން ވެރިކަމެއް ކުރައްވަމުން ކަމަށް ސައީދު ވިދާޅުވިއެވެ.
ވެރިކަމުގެ 2 އަހަރާއި މިވީ 6 ވަރަކަށް މަސްދުވަސް ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންގެ ހާލު ބައްލަވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ބައެއް ރަށްރަށަށް ރައީސް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވަޑައިގެންފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ގެ އިތުރުން ހުރިހާ ރަށަކަށް ވަޑައިގެން ހުރިހާ ރަށު ކައުންސިލަކާއި ރައީސް ބައްދަލުކުރައްވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމެއްގައި ލާމަރުކަޒީ ސެޓަޕްތައް ހެދުމަކީ ޑިމޮކްރަސީ އެއްގައި އެންމެ މުހިއްމު އެއް ބިންގާ ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ރައީސް ގެންދަވަނީ ހުރިހާ ކައުންސިލް އިމާރާތްތައް އައު ކުރައްވަމުން ކަަމަށް ސައީދު ވިދާޅުވިއެވެ. އެހެންކަމުން ޕީއެންސީގެ ހަރަކާތްތައް ކުރިއަށްދަނީ ވަރަށް ބާރު ސްޕީޑްގައި ކަމަށް ސައީދު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބާޒާރުގައި ތެލުގެ އަގު ދަށެއް ނުވޭ: ވަޒީރު މޫސާ ޒަމީރު
2 ގަޑިއިރު ކުރިން

މާރިޗް މަހު މީރާގެ ޖުމްލަ އާމްދަނީގެ %78.51 ޑޮލަރުން
2 ގަޑިއިރު ކުރިން

ދާއިރާގެ ރައްޔިތުންނާއި ގުޅިގެން ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން އަރުވަން: ސައީދު
2 ގަޑިއިރު ކުރިން

ފ. ފީއަލީގައި ކަރަންޓުގައި ޖެހި ދެބެއިންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)