logo

ރުކަކުން ވެއްޓުނު މީހަކު މަރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 12:13

ކުޅުދުއްފުށީ ސިޓީގައި ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނަކު މިއަދު މަރުވެއްޖެއެވެ.

https://wamco.com.mv/

މި ހާދިސާގައި މަރުވީ ހދ. ނޭކުރެންދޫއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ހުސައިން ޝިފާޒް އެވެ.

ޝިފާޒް ރުކުން ވެއްޓިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށީ ހުރި ރުއްތަކެއް ސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. އޭނާ ވެއްޓުނީ ވަރަށް ދިގު ރުކަކުންނެވެ.

ރުކުން ވެއްޓި އޭނާއަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.

ހާލު ސީރިއަސްވެ ފަރުވާ ދެމުންދިޔައީވެސް ވެންޓިލޭޓަރުގަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk