logo

ޕާޓީ ބަދަލުކުރުން މަޖިލިސް މެމްބަރު ކަމުގެ ގޮނޑިގެެއްލޭނެ ކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅައިފި

profile

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 09:42

ސިޔާސީ ޕާޓީއަކުން ވަކިވުމުން ނުވަތަ ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާޙަކީ، ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު ބަދަލެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

https://wamco.com.mv/

މި ދުސްތޫރީ މައްސަލައަކީ، މެންބަރަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙަކީ ޤާނޫނުއަސާސީގެ އޮނިގަނޑާ ތަޢާރުޟުވާ ބަދަލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ޙުސައިން ހުށަހެޅުއްވި މައްސަލައެކެވެ.

މި މައްސަލައިގެ ތެރެއަށް އެމްޑީޕީން ވެސް ވަނީ ތަދައްހުލްވެފައެވެ.

މި މައްސަލާގައި އަލީ ޙުސައިން ފާހަގަކުރެއްވި ގޮތުގައި، ޤާނޫނުއަސާސީއަށް ގެނައި މި އިސްލާޙަކީ ޤާނޫނުއަސާސީގެ 26، 75 އަދި 90 ވަނަ މާއްދާއާ ފުށުއަރާ ބަދަލެކެވެ.

މިއީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމުގެ އަސާސްތަކަށް ބުރޫއަރާނެ ބަދަލެއް ކަމަށް ވިދާޅުވެ، އެ އިސްލާޙަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލު އިސްލާޙެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އޭނާ ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާއި އެކު މީގެ ފަހުން މަޖިލިސް މެމްބަރު ކަމުގެ ދައުރުގައި އެއްވެސް މެމްބަރަކު މަޖިލީހަށް އިންތިހާބުވި ސިޔާސީ ޕާޓީ އިން ވަކިވެއްޖެނަމަ އަދި ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަން ގެއްލޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk