
އުކުޅަހު ބަނދަރުގެ އަމަލީ މަސައްކަތްތައް ނިމުމުގެ މަރުހަލާގައި

އާމިނަތު ޝަޒްލާ - 08 ޖޫން 2026 - 16:54
އއ. އުކުޅަހުގެ ކުރީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަށްދަނީ ބޭރުތޮށި ޕްރޮފައިލް ކުރުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫއުގެ ދަށުން ހިމެނޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 4,954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ޖާގަ ތަނަވަސްކުރުމަށްޓަކައި 264 މީޓަރުގެ އެއްގަމު ތޮއްޓަކާއި 5 މީޓަރުގެ ބޭރު ތޮއްޓެއް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، 553 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,640 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމުގެ އިތުރުން، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާނެއެވެ.
އެމްޓީސީސީ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން ފަދަ އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ފަރުމާކޮށް ހިންގަމުން އަންނަ ކުންފުންޏެކެވެ.






.gif&w=3840&q=75)