logo

އައްޑޫ އެކްސިޑެންޓްގައި އަނިޔާވި މީހާ ނިޔާވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 08 ޖޫން 2026 - 16:54

އައްޑޫ ސިޓީ ހިތަދޫ އެޅެދީދީ މަގުގައި މިދިޔަ އާދީއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ، ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

https://wamco.com.mv/

މި ހާދިސާގައި ނިޔާވެފައިވަނީ ހިތަދޫއަށް ނިސްބަތްވާ ރަމީޒް އަބްދުﷲ އެވެ.

އެކްސިޑެންޓަށްފަހު އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

ނަމަވެސް ހާލަތު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ ސިކުނޑީގެ އޮޕަރޭޝަނެއްވެސް ކޮށްފައިވަނިކޮށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް، ރަމީޒް ދުއްވި ސައިކަލުގައި ޖެހިގެންނެވެ. މި ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk