logo

މަކުނުދޫ އެއަރޕޯޓްގެ އަމަލީ މަސައްކަތް ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 08 ޖޫން 2026 - 14:13

ހދ. މަކުނުދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ފަށައިފިއެވެ.

https://wamco.com.mv/

މަކުނުދޫއަކީ އަތޮޅުގެ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ ރަށަކަށްވެފައި، އެ ސަރަޙައްދުގެ ކަނޑުތަކަކީ އާންމުކޮށް ގަދަ ސަރަޙައްދަކަށް ވާތީ، ދަތުރުފަތުރުގެ ދަތިކަމަކީ އެ ރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.

ހާއްސަކޮށް ސިއްޙީ ކުއްލި ޙާލަތްތަކުގައި ބަލިމީހުން އުފުލުމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށްޓަކައި، ރަށުގައި އެއާޕޯޓެއް ބިނާކުރުމަކީ އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދެވެ.

މި މަޝްރޫޢުގެ ދަށުން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 2023 ވަނަ އަހަރު ބިގް ފިޝް މޯލްޑިވްސްއާ ހަވާލުކޮށްގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިގޮތުން، އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި 43.12 ހެކްޓަރުގެ ބިން ހިއްކައި، ހިއްކި ސަރަޙައްދު ހިމާޔަތްކުރުމަށް 3,493 މީޓަރުގެ ރިވެޓްމަންޓް ވަނީ ޖަހާފައެވެ.

މަޝްރޫޢުގެ މިހާރުގެ މަރުޙަލާގައި އެމްޓީސީސީން ދަނީ ސައިޓް ތައްޔާރުކުރުމާއި، ފަޔަރ ސްޓޭޝަން ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، ބިން ސާފުކުރުމާއި ކޮނުމުގެ މަސައްކަތްތައްވެސް ބާރުމިނުގައި ދަނީ ކުރިއަށެވެ.

މަކުނުދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެންމެ ފުރަތަމަ 1500 މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފައި އޮތް ނަމަވެސް، ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން އެއީ 1800 މީޓަރުގެ ރަންވޭއެއްގެ ގޮތުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އިޢުލާނުކުރައްވާފައެވެ.

މި އެއަރޕޯޓްގެ މަސައްކަތް ނިމުމުން އެތަން ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.

ހދ. އަތޮޅުގައި މިހާރު ހިދުމަތް ދެމުންދާ އެއަރޕޯޓުތަކަކީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ހދ. ކުޅުދުއްފުށީ އެއަރޕޯޓެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk