logo

އިންޑޮނޭޝިއާގައި 4.7 މިލިޔަން މީސްމީޑިޔާ އެކައުންޓް ޑީއެކްޓިވޭޓްކޮށްފި

profile

ރިޟްވާން މޫސާ - 27 ޖޫން 2026 - 07:06

އާންމުންގެ މެދުގައި މަޤުބޫލު ދެ މީސްމީޑިޔާގެ މަންސަ ކަމަށްވާ ޓިކްޓޮކްއާ ޔޫޓިބްއިން އިންޑޮނޭޝިޔާގެ 16 އަހަރުން ދަށުގެ ކުޑަކުދިން ބޭނުންކުރާ 4.7 މިލިޔަން އެކައުންޓް ޑީއެކްޓިވޭޓް ކޮށްފިއެވެ.

https://wamco.com.mv/

އިންޑޮނޭޝިޔާގެ ކޮމިއުނިކޭޝަންސް އެންޑް ޑިޓިޓަލް ވުޒާރާގެ ވަޒީރު މޫތުޔާ ހާފިދް ވިދާޅުވީ އެކައުންޓުތައް ޑީއެކްޓިވޭޓްކޮށްފައި ވަނީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކަށް ޢަމަލުކުރަން ފެށުމާ ގުޅިގެން ކަމަށެވެ.

އިންޑޮނޭޝިއާގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ އެހެން ގައުމުތަކުން ވެސް ވަނީ ކުޑަކުދިންނަށް މީސް މީޑިޔާގެ އެކައުންޓްތައް ވަރަށް ބޮޑަށް ލިމިޓްކޮށް ފުހެލާފަ އެވެ.

އެގޮތުން މިއަހަރުގެ ކުރީ ކޮޅުގައި ވަނީ އޮސްޓްރޭލިއާގައި ވެސް ކުޑަކުދިންނަށް ބޭނުން ނުކުރެވޭނެހެން 5 މިިލިއަނަށްވުރެ ގިނަ މީސް މީޑިޔާ އެކައުންޓްތައް ފުހެލާފަ އެވެ.

މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި އިންޑޮނޭޝިޔާއިން ވަނީ ހިރާސް ބޮޑު ކަމަށް ސަރުކާރުން ދެކޭ މީސްމީޑިޔާ ކުންފުނިތަކުން، 16 އަހަރުން ދަށުގެ ކުޑަކުދިން ބޭނުންކުރާ އެކައުންޓުތައް ޑީއެކްޓިވޭޓް ކުރަންޖެހޭ ފަދަ ޤަވާއިދެއް ނެރެފައެވެ.

އެ ކުންފުނިތަކުގެ ތެރޭގައި ޓިކްޓޮކްއާއި ޔޫޓޫބްގެ އިތުރުން އެކްސްއާއި މެޓާގެ އިންސްޓަގްރާމްއާއި ރޯބްލޮކްސް ވެސް ހިމެނެއެެވެ.


ޗައިނާގެ ޓެކް ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްގެ ޓިކްޓޮކްއިން ކުޑަކުދިންނަށް ނިސްބަތްވާ ޖުމްލަ 4.1 މިލިޔަން އެކައުންޓް ޑީއެކްޓިވޭޓްކޮށްފައިވެއެވެ. އަދި އަލްފަބެޓްގެ ގޫގްލްއިން ހިންގާ ޔޫޓޫބްއިން 600،000 އެކައުންޓް ޑީއެކްޓިވޭޓްކޮށްފައިވެއެވެ.

އިންޑޮނޭޝިޔާގެ ކޮމިއުނިކޭޝަންސް ވުޒާރާއިން ބުނީ އެހެން މީސްމީޑިޔާ ކުންފުނިތަކުން ވެސް އެ ގޮތަށް ޢަމަލުކުރުމަށް ސަރުކާރުން އެދޭ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk