logo

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން މަސައްކަތް ކުރޭ

profile

ރިޟްވާން މޫސާ - 27 ޖޫން 2026 - 08:33

ރާއްޖޭގެ ރަށްރަށުގެ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީ ކުރިއެރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފި އެވެ.

https://wamco.com.mv/

އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީ ގުޅިފައި ވަނީ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަން ފާހަގަކުރައްވަމުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދު ވިދާޅުވީ ކުދި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމުގެ ސަބަބުން ރަށް ކުރިއެރުމުގެ އިތުރުން، ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ، މުޖުތަމައުތަކަށް ދިރުން އަންނަ ކަމަށެވެ.

undefinedމާލޭގެ ރީޓެިލް ފިހާރައެއްގެ ތެރޭގައި މީހުން ވިޔަފާރިކުރަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރަށްރަށުގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގައި އެފަދަ ވިޔަފާރިތަކުން މުހިންމު ދައުރެއް އދަދާކުރާ ކަމަށް ޒިޔާއު ފާހަގަކުރެއްވިއެވެ.

ޒިޔާއު ވަނީ ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއި، އައު އީޖާދުތައް އުފެއްދުމަށް މަގުފަހި ކުރުމާއި، ރާއްޖޭގައި ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީއެއް ޤާއިމްކުރުމުގައި ކުދި ވިޔަފާރިތަކުން ކުރަމުންދާ މުހިންމު މަސައްކަތަށް ތައުރީފުކުރައްވާފައެވެ.

undefined

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެ ފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރައްވާފައިވާ އެންމެ ކާމިޔާބު އެއް މަސައްކަތަކީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk