logo

ބީއެމްއެލްއާ ޙަވާލުކުރި ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 އިތުރު ކުރަން ވަނީ ނިންމާފަ: ތަރުޖަމާނު

profile

އާމިނަތު ޝަޒްލާ - 27 ޖޫން 2026 - 12:22

ހުޅުމާލެ ފޭސް އެކެއް، ދޭއް އަދި ވިލިމާލެވެސް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓްގެ މަޝްރޫޢުތަކުގެ އިތުރުން އެ ކުންފުނީގެ ކެޕޭސިޓީ ހުރުމުން އިތުރު 710 ހައުސިންގ ޔުނިޓް އިތުރުކުރައްވާނެ ކަމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމަނިކުފާނު މިހެން ވިދާޅުވީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ މިއަދުގެ ބައްދަލުކުރެއްވުމުގައި، ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާމެދު ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ބީއެމްއެލްއާ ޙަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު ފިޔަވާ އެހެން ހުރިހާ މަޝްރޫޢުތަކެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވި ޑިޒައިންގެ ކުރެހުންތައް ނިމިފައިވާ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށާ ހިސާބަށް މިހާރު ދެވިފައިވާ ކަމުގައި އިސް ތަރުޖަމާނު ވިދާޅުވިއެވެ.

މާލީ އިދާރާތަކުން ދެއްވާ ލަފާ ސަރުކާރުން އަބަދުވެސް ބަލައިގަންނަ ކަމަށާއި ސަރުކާރު ކުރިއަށް ގެންދަވަނީ މާލީ އިދާރާތަކުން ދެއްވާ ލަފާގެ އަލީގައިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މާލީ އިދާރާތަކުން ދެއްވާ ލަފާގެ އަލީގައި ކުރިއަށް ދިޔަނަމަވެސް ތަރައްޤީގެ ދުވެލީގައި ރާއްޖެ ކުރިއަށްދާއިރު ރައްޔިތުން އެދޭ އަސާސީ ޚިދުމަތްތަކާއި ކަންކަން ހުއްޓާލައިގެން ކުރިއަށް ނުދެވޭނެކަން އިސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. މާލިއްޔަތު ރަނގަޅު ކުރަމުން އިގުތިސާދީ މަސައްކަތްވެސް ކުރަންޖެހޭ ކަމަށާއި އެކަމަށް ފުރުސަތު ހޯދަންޖެހޭކަން އިސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އަދި މާލީ އިދާރާތަކަށް މުހިންމު ވާނީ ފައިނޭންޝަލްސް ނުވަތަ ހިސާބުތައް ކަމަށާއި އެހެންނަމަވެސް ސަރުކާރު ކުރިއަށްދާނީ މިކަންކަމުގައި ބެލެންސް ކުރައްވައިގެން އެކަންކަން ކުރެވޭނެ އެންމެ ފަހިގޮތް ހޯއްދަވައިގެންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިސް ތަރުޖަމާނުގެ ވާހަކަފުޅުގައި، ޢިމާރާތެއް ނުވަތަ މަޝްރޫޢެއް ނުވަތަ ދާއިރާއެއްގެ ގޮތުގައި ތަރައްޤީ މިނެކިރެމުން ދިޔަނަމަވެސް، މީހުން ބިނާކުރުމަކީ އަޅުގަނޑުމެންނަށް ދޫކޮށްލާފައި ދެވޭނެ އެންމެ ވަރުގަދަ ލެގަސީކަން ފާހަގަކުރެއްވިއެވެ. ދިވެހި ވަޠަނީ ޚިދުމަތަކީ އެމަނިކުފާނު އެކަމަކާ މިސަރުކާރާމެދު އެންމެ ފަޚުރުވެރިވާ އެއް ކުރިއެރުން އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތަސައްވުރު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގައި މިހާތަނަށް، ފުރަތަމަ ބުރުގައި 1،244 ފަރާތަކުން ކުރިމަތިލައި 350 ފަރާތަކުން ކާމިޔާބު ކަމާއެކު ނިންމައި، މީގެތެރެއިން 65 ފަރާތަކުން ސްކިލްސް ޓްރެއިނިންގ ފުރިހަމަ ކުރައްވާފައިވެއެވެ. އަދި ދެވަނަ ބުރުގައި އިތުރު 350 ފަރާތަކުން ކާމިޔާބު ކަމާއެކު ތަމްރީނު ނިންމައި، މީގެތެރެއިން 75 ފަރާތަކުން ސްކިލްސް ޓްރެއިނިންގ ފުރިހަމަ ކުރައްވާފައިވެއެވެ. އަދި ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރަކަށް 1،785 ފަރާތަކުން ކުރިމަތިލައި އޭގެތެރެއިން 352 ފަރާތަކުން ކާމިޔާބު ކަމާއެކު ވަނީ މި ޕްރޮގްރާމް ފުރިހަމަ ކުރައްވާފައެވެ. އެގޮތުން ދިވެހި ވަޠަނީ ޚިދުމަތުގެ ޓްރެއިނިންގ މިހާތަނަށް މުޅި ޖުމްލަ 1،052 ފަރާތަކުން ފުރިހަމަކޮށް، ދެ ބެޗެއްގައި 140 ފަރާތަކުން ސްކިލްސް ޓްރެއިނިންގ ވަނީ ފުރިހަމަކޮށްފައެވެ.

މިއަދު ކުރިއަށްގެންދަވާފައިވަނީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ ހަވަނަ ބައްދަލުކުރެއްވުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk