logo

ގއ ވިލިނގިލީގައި ފަޔާ ސްޓޭޝަން އަޅަން އާރުޑީސީއަށް

profile

ރިޟްވާން މޫސާ - 27 ޖޫން 2026 - 07:07

ގއ ވިލިނގިލީގައި ފަޔާ ސްޓޭޝަން އަޅަން އާރުޑީސީއަށް ގއ. ވިލިގިނލީގައި އެމްއެންޑީއެފްގެ ފަޔާ ސްޓޭޝަން ހަދަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.

https://wamco.com.mv/

އެކަމަށް ޓަކައި ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިފެންސްގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން ރިފާއީ ބުޝްރީއެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން 550 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތްތައް ނިންމާގޮތަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކުރެވުނު މި ފަޔާ ސްޓޭޝަން ގާއިމުކުރެވުމާ އެކު އެއަތޮޅުގައި ދިމާވާ އެކިއެކި އަލިފާނުގެ ހާދިސާތަކަށް މިހާރަށް ވުރެ އަވަހަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މިއީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ގއ. އަތޮޅުގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ފަޔާ ސްޓޭޝަންކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk