logo

ވީއައިއޭގެ އިންކްލޫސިވް ޚިދުމަތުގެ ތެރެއިން "ކާމް ރޫމް" އާންމުންގެ ބޮޑު ތަރުހީބެއް!

profile

ރިޟްވާން މޫސާ - 27 ޖޫން 2026 - 18:20

ވެލާނާ އިންޓަރނޭޝެނަލް އެއާޕޯޓަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކުގެ ތެރެއިން އެތަކެއް ހާސް ބަޔަކަށް ކޮންމެ ދުވަހަކު ޙިދުމަތްތައް ފޯރުކޮށްދިނުމުގައި ލާމަސީލު ނަމޫނާ ކުންފުންޏެކޭ ބުނެވިދާނެ އެވެ.

https://wamco.com.mv/

އެމްއޭސީއެލްގެ މުއައްޒަފުންގެ މިންނެތް ބުރަ މަސައްކަތްތައް ފާހަގަކޮށްލެވެނީ ކޮންމެ ދުވަހެއްގެވެސް ހާއްސަ ގޮތެއްގައި ފަސިންޖަރުންގެ ޝުކުރު ހައްގު މަސައްކަތްތަކަށެވެ.

undefined

ޒަމާނަށް އައި ބަދަލާއެކު މިޒަމާނުގެ އެންމެ ފަހުގެ ޓެކްނޮލޮޖީގައި އެކިއެކި ވަސީލަތްތައް މަސައްކަތުގެ މައިދާނުގައި ބޭނުންކުރަމުން އަންނަ މި ކުންފުނިން ކުރަމުން އަންނަ ނުވަތަ ދެމުން އަންނަ ޙިދުމަތްތަކުގެ ތެރެއިން ވަކި ފަރާތަކަށް ވީތީ ނުވަތަ ވަކި ފަރުދަކަށްވީތީ ދެމުން އަންނަ ޙިދުމަތްތަކެއް ބަދަލެއް ނުވެ އެވެ.

އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކުންފުނިން ބަހައްޓަވާ ގާތް ކަމާއި ދެމުން އަންނަ ޙިދުމަތްތަކުގެ ފަސޭހަ ކަމެވެ.

undefined

07 ޖޫން 2026 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހިޑަން ޑިސްއެބިލިޓީ ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން "ބޮލި" އިނިޝިއޭޓިވްގެ ދަށުން "ކާމް ރޫމް" އެއް އެމްއޭސީއެލްއިން ވަނީ ހުޅުވާފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 1 ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކާމް ރޫމް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

undefined

މިއީ ވީއައިއޭ މެދުވެރިކޮށް ދަތުރުކުރާ ހިޑަން ޑިސެބިލިޓީ ހުންނަ ފަރާތްތަކަށް، އެމީހުންގެ ދަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީ، އަޅާލުމާއި އިހުތިރާމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެކެވެ. މިއީ އެތަކެއް ބައެއްގެ ލޯތްބާއި ކުލުނު އަދި މުއައްޒަފުންގެ މަސައްކަތް އާންމު ރައްޔިތުން ބަލައިގަތް އެންމެ ބޮޑު އެއްސަބަބެވެ.

undefined

އެއާޕޯޓުގެ ޓާމިނަލް 1 ގައި ގާއިމްކުރި މި ކާމް ރޫމް ހުޅުވައިދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ވީއައިއޭ އަކީ ދުނިޔޭގެ ފެންވަރުގެ، ކޮންމެ ފަސިންޖަރަކަށް ވެސް ހަމަހަމަކަމާއެކު އިތުބާރު ހުރި ޚިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަކީ މި ކުންފުނީގެ އަމާޒެއް ކަމަށެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ ތަޖުރިބާ އާއި ލަފަޔާއި އިރުޝާދުގެ ދަށުން މުއައްޒަފުންގެ ޙިދުމަތްތެރި މަސައްކަތްތަކުގައި މަސައްކަތުގެ މާހައުލުގައި މުއައްޒަފުން ވަޒީފާގެ މާހައުލު އަދާކުރަމުން ދަނީ ނުހަނު ހިންހަމަޖެހުމާއެކު ކަސްޓަމަރުންނަށް އެ ޙިދުމަތްތައް ފޯރުކޮށްދިނުމުގަ އެވެ.

undefined

ކާމް ރޫމް ޤާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މުވައްޒަފުން ތަމްރީނުކުރުމުގައި އޯޓިޒަމް ކެއާ މޯލްޑިވްސްއާއި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވެދެއްވި އެހީތެރިކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝުކުރު އަދާކުރެއްވިއެވެ.

އެމްއޭސީއެލްގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މި ޚިދުމަތް ވީއައިއޭގެ ޓާމިނަލް 2 އާއި ސީޕްލޭން ޓާމިނަލަށްވެސް ފުޅާކުރުމެވެ. މިއީ އެއްވެސް ފަސިންޖަރަކު ބާކީނުކޮށް، އެންމެންނަށް އަޅާލާ މާހައުލެއް ގާއިމުކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތް ހާމަކޮށްދޭ، މުހިންމު މަސައްކަތެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk