logo

އައިއޫއެމްގެ 46 ވަނަ އަހަރީ ދުވަހުގެމުނާޞަބަތުގައި ލީގަލް ކްލިނިކެއް ހުޅުވަނީ

profile

އާމިނަތު ޝަޒްލާ - 16 ޖޫން 2026 - 17:39

މިއަދަކީ ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމު ދިނުމަށްޓަކައި މީގެ 46 އަހަރުކުރިން އިންސްޓިއުޓް އޮފް އިސްލާމިކް ސްޓަޑީޒްގެ ނަމުގައި ޔުނިވަރސިޓީ އުފެދިގެން އައިއުފާވެރި ތާރީޚީ ދުވަހެކެވެ.

https://wamco.com.mv/

2004 ވަނަ އަހަރު ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްގެ ނަމަށްބަދަލުވެ ޔުނިވަރސިޓީއެއްގެ ދަރަޖަ 2015 ވަނަ އަހަރު ލިބިފައިވާއިރު، މި ދިގުތާރީޚުގައި މި ޔުނިވަރސިޓީއިންދަނީ ތަފާތު އެތައް ދާއިރާއަކުން ދިވެހި ދަރިންބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއްކޮށް އަދި ދަރިވަރުންގެ ޢިލްމީ ހުނަރު އިތުރުކުރުމުގެ ޒަމާނީ އައު ކަންކަން ތަޢާރަފްކުރަމުންނެވެ.
މިގޮތުން، މި ކާމިޔާބު ދަތުރަށް އިތުރުކުރެވޭ ބޮޅެއްގެ ގޮތުގައި ޢާންމު ދިވެހި ލޮބުވެތިރައްޔިތުންނަށް މި ޔުނިވަރސިޓީގެ ފަރާތުން މިޔުނިވަރސިޓީގެ އަހަރީ ދުވަހުގެމުނާޞަބަތުގައި މި ހުޅުވާލަނީ މި ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ އިންޤާއިމްކޮށްފައިވާ "އައިޔޫއެމް ލީގަލް ކްލިނިކް" އެވެ.

އައިޔޫއެމް ލީގަލް ކްލިނިކަކީ ޤާނޫނީވަކީލަކަށްވުމަށް ބޭނުންވާ ދަރިވަރުން ތަމްރީންކުރުމަށާއި، ދިވެހިރާއްޖޭގައިވަކާލާތުކުރުމުގެ ލައިސަންސް ލިބިފައިވާ ޤާނޫނީ ވަކީލުންގެ އިރުޝާދުގެ ދަށުންޢާންމުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޒަމާނީވަޞީލަތްތަކާއެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ޤާއިމްކޮށްފައިވާކްލިނިކެކެވެ.

ޢާންމު ރައްޔިތުންގެ ތެރެއިން އެކިއެކި މައްސަލަތަކުގައި ޤާނޫނީ ލަފަޔާއި އެހީތެރިކަންބޭނުންވާ ފަރާތްތަކަށް ޤާނޫނީ ޚިދުމަތް މިކްލިނިކުން ފޯރުކޮށްދޭނެއެވެ. އެގޮތުންޤާނޫނީ ލަފާ ދިނުމާއި މައްސަލައިގެ ލިޔުންތަކާއި ފޯމުތައް ތައްޔާރުކުރުމާއި، އެއްބަސްވުންތައް ތައްޔާރުކުރުމާއި، ޕަވަރ އޮފް އެޓަރނީ ފަދަ ލިޔުންތައްތައްޔާރުކުރުން ހިމެނެއެވެ. މި ހުރިހާ ޚިދުމަތެއް ޢާންމުންނަށް ހުޅުވާލާފައިވަނީ އެއްވެސް ފީއެއް ދައްކަން ނުޖެހޭ މުޅިން ހިލޭ ފޯރުކޮށްދޭ ޚިދުމަތެއްގެގޮތުގައެވެ.

މިގޮތުން، އައިޔޫއެމް ލީގަލް ކްލިނިކަށް ޢާންމު ފަރާތަކުން ޤާނޫނީއެހީތެރިކަން ބޭނުންވާ މައްސަލައެއް ހުށަހެޅުމުން، މައްސަލަ ދިރާސާކުރުމަށްޓަކައިޤާނޫނީ ވަކީލެއްގެ ބެލުމުގެ ދަށުން ދަރިވަރުންގެ ޓީމެއް ޢައްޔަންކޮށް މައްސަލަދިރާސާކުރެވޭނެއެވެ. އަދި އޭގެ ފަހުން ޤާނޫނީ ވަކީލާއެކު ބައްދަލުވުން އިންތިޒާމްކޮށްމައްސަލަ ހުށަހެޅި ފަރާތާއެކު އައިޔޫއެމް ލީގަލް ކްލިނިކްގައި ބައްދަލުކޮށް ޤާނޫނީ ލަފާދެވޭނެއެވެ.
މިއީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ޢާންމުންނަށް މި ޔުނިވަރސިޓީގެފަރާތުން ހުޅުވާލެވިގެންދާ ފަހި ފުރުޞަތެއްކަން އުފަލާއެކު ފާހަގަކުރާއިރު، މިޔުނިވަރސިޓީގެ އުއްމީދަކީ އައިޔޫއެމް ލީގަލް ކްލިނިކަކީ ދިވެހިރާއްޖޭގެ ޤާނޫނީދާއިރާގައި ރަން އަކުރުން ފަވާލެވިގެންދާނެ ސަފްޙާއަކަށް ވެގެން ދިޔުމެވެ.

އައިޔޫއެމް ލީގަލް ކްލިނިކަށް މައްސަލައެއް ހުށަހަޅަން ބޭނުންނަމަ، އެކަމަށްޓަކައިޙާއްސަކޮށްފައިވާ ގޫގްލް ފޯމް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެއެވެ. https://forms.gle/Mp4e9ej2w9gfdPX6A އުއްމީދަކީ ދިވެހި ރައްޔިތުން، މިފުރުޞަތުގެ ބޭނުން ހިއްޕަވާޢާންމުންނާއި މި ޔުނިވަރސިޓީއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދިޔުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk