
ޕީޢެންސީ އިން ކޮންމެ ފަހަރަކު މިޖެހެނީ އެމްޑީޕީ އިން ހޭވި ހަޑި ފިލުވަން: ޝުޖާއު

މުޙައްމަދު ފަޟްލޫން - 16 ޖޫން 2026 - 13:31
ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު ޕީއެންސީއަށް މަޖުބޫރުވަނީ އެމްޑީޕީގެ ސަރުކާރުތަކުން އުފައްދާފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރަން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ކޮންމެ ފަހަރަކުވެސް ޕީއެންސީން ގައުމުގެ ހިންގުމާ ހަވާލުވާންޖެހެނީ އެމްޑީޕީން ގައުމު ބޭއްވި ނުރައްކާތެރި ހާލަތުން ސަލާމަތްކުރުމަށް ކަމަށެވެ.
ރާއްޖޭގެ ތަފާސްހިސާބުތަކަށް ރިއާޔަތްކުރައްވައި އޭނާ ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ މާލީ ނިޒާމަށް އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ އެމްޑީޕީގެ ވެރިކަންތަކުގައެވެ.
ދައުލަތުން ލޯނު ނެގުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ތަރައްގީއަށްޓަކައި ލޯނު ނެގުމަކީ އޭގެ ޒާތުގައި ގޯސް ކަމެއް ނޫން ނަމަވެސް، އެމްޑީޕީގެ ސަރުކާރުތަކުން ނެގި ލޯނުތަކުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނުވަތަ އިގްތިސާދަށް ކުރި ހެޔޮ އަސަރެއް ފެންނަން ނެތް ކަމަށެވެ.
ދައުލަތުގެ ދަރަނި އަދާކުރުމާ ގުޅޭ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ޝުޖާއު ވިދާޅުވީ، މިހާރުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި އެކަނިވެސް 1.2 ބިލިއަން ޑޮލަރު ދަރަނި އަދާކުރުމަށް ހޭދަކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި ޖުމްލަ 418.17 މިލިއަން ޑޮލަރު އަދި ރައީސް ސާލިޙްގެ ފަސް އަހަރުގެ ދައުރުގައި 953.93 މިލިއަން ޑޮލަރު ދަރަނި އަދާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ނެގި ލޯނުތަކުގެ ތެރެއިން 1.14 ބިލިއަން ޑޮލަރު އަދިވެސް ނުދެއްކި އެބައޮތް ކަމަށާއި، މިއީ ގައުމުގެ އިގްތިސާދަށް އޮތް ބޮޑު ތަކުލީފެއް ކަމަށެވެ.
ޝުޖާއު ވަނީ ކުރީ ސަރުކާރުތަކުގެ ދަރަނީގެ ސަބަބުން ދައުލަތް ހިންގަން ހުރަސްތަކެއް ކުރިމަތިވިކަން ފާހަގަކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އައިއޫއެމްގެ 46 ވަނަ އަހަރީ ދުވަހުގެމުނާޞަބަތުގައި ލީގަލް ކްލިނިކެއް ހުޅުވަނީ
26 މިނިޓު ކުރިން

ބަންދު ދުވަހެއް ނަމަވެސް، ކާބޯތަކެތި ބޭލުމުގެ މަސައްކަތްތައް ދަނީ ކުރިއަށް: އެމްޕީއެލް
3 ގަޑިއިރު ކުރިން

ކޯޓް އަމުރަކާ ހިލާފުވި މީހަކު ހިތަދޫން ހައްޔަރަށް!
5 ގަޑިއިރު ކުރިން

ދެ އަހަރު ތެރޭގައި ޖަލުތަކަށް މިހާރު ދިމާވަމުންދާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ: އިހުސާން
5 ގަޑިއިރު ކުރިން


.gif&w=3840&q=75)