logo

ކޯޓް އަމުރަކާ ހިލާފުވި މީހަކު ހިތަދޫން ހައްޔަރަށް!

profile

އާމިނަތު ޝަޒްލާ - 16 ޖޫން 2026 - 13:31

މަސްތުވާތަކެތީގެ މުޢާމަލާތްތައް ހިންގާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ އައްޑޫ ސިޓީ ހިތަދޫ "ލާމިޔާގެ" އަށް، އަމުރާ ޚިލާފަށް ވަދެފައިވާ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ނޯޖަވާނީގެ، އުމުރުން 50 އަހަރުގެ އަޙްމަދު ޒާހިރު ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގެ މުއްދަތަށް 7 ދުވަސް ވަނީ އިތުރުކޮށްފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ލާމިޔާގެ 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރު ނެރެފައިވަނީ މި ހިނގާ މަހުގެ 8 ވަނަ ދުވަހުއެވެ.

ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ތަންތަނަށް، އެ އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ހުއްދަނެތި ވަދެނުކުމެ އުޅުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. އެހެންކަމުން، މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk