logo

ބަންދު ދުވަހެއް ނަމަވެސް، ކާބޯތަކެތި ބޭލުމުގެ މަސައްކަތްތައް ދަނީ ކުރިއަށް: އެމްޕީއެލް

profile

އާމިނަތު ޝަޒްލާ - 16 ޖޫން 2026 - 14:53


ހިޖުރީ އައު އަހަރަކީ ޕޯޓް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް (ޕެރިޝަބަލް މުދާ) ވީހާވެސް އަވަހަށް ކްލިއަރކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް ގެންދަމުން ކަމަށް "މޯލްޑިވްސް ޕޯޓްސް ލިމިޓެޑް" އެމްޕީއެލުން ބުނެފިއެވެ.

https://wamco.com.mv/

އެމްޕީއެލުން ބުނީ އެ ކުންފުނިން އަމަލުކުރަމުންދާ ޚާއްސަ ޢުސޫލުގެ ދަށުން މާލެ ވިޔަފާރި ބަނދަރުގައި މިއަދުވެސް އަވަހަކަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ބޭލުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެމްޕީއެލުން ބުނެއެވެ.

އެގޮތުން، ޖެނެރަލް ކާގޯ ވެސަލް "ސީ އެންޖަލް" އިން މުދާ ބޭލުމުގެ މަސައްކަތް ވަނީ މިއަދު ހަވީރު ނިންމާފައިވާއިރު، ބޯޓުން ގިނަ އަދަދެއްގެ ބިހާއި، ފިޔާ އަދި އަލުވި ވަނީ ބާލައިފައެވެ. ޖެނެރަލް ކާގޯ ވެސަލް "ނަވާލް" އިން މުދާ ހުސްކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާއިރު، މި އުޅަނދުންވެސް މައިގަނޑު ގޮތެއްގައި ބާލާނީ ފިޔާ، އަލުވި އަދި ބިހެވެ.

ޕޯޓު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، މިއަދު މެންދުރު 1:30 އާ ހަމައަށް ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ ޚިދުމަތް އެމްޕީއެލުން ވަނީ މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދީފައެވެ. އަދި އިތުރުން ޚާއްސަ އިންތިޒާމްތަކުގެ ދަށުން މިރޭ 20:00 އިން ފެށިގެން ޕެރިޝަބަަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk