logo

ދެ އަހަރު ތެރޭގައި ޖަލުތަކަށް މިހާރު ދިމާވަމުންދާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ: އިހުސާން

profile

މުޙައްމަދު ފަޟްލޫން - 16 ޖޫން 2026 - 13:10

ވަން ޕްރިޒަން ކޮންސެޕްޓް ގެ އަމަލީ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް އިން ކުރިއަށް ގެންދިޔަ އެކި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗާގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ގައިދީން އިސްލާހުކުރުމަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި، އެފަދަ ޕްރޮގްރާމްތަކުގައި ހޭދަކުރާ މުއްދަތަކީ ޖަލު ހުކުމުން އުނިވާ ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ޖަލުން ނުކުންނަ ކޮންމެ މީހަކީ މުޖުތަމައުގައި އާމްދަނީއެއް ހޯދައިގެން އަބުރުވެރި ދިރިއުޅުމެއް އުޅޭނެ، އަދި އަނބުރާ ކުށުގެ މާހައުލަށް ނުދާނެ ފަދަ ވަރުގަދަ އަޒުމެއްގައި ހުރި މީހަކަށް ވުމަށް އިލްތިމާސްކުރެއްވިއެވެ.

ޖަލުތަކުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ މި ތަސައްވުރުގެ ދަށުން، ހުރިހާ ހިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ލިބޭނެ ފަދަ ސެންޓްރަލް ޖަލެއް އުތުރު ތިލަފަޅުގައި ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk