
ގޯއްޗާއި ފުލެޓް ވެރިކަން ނިމުމުގެ ކުރިން ދޭނަން: ރައީސް

ރިޟްވާން މޫސާ - 29 ޖޫން 2026 - 07:36
މި ސަރުކާރުގެ އެންމެ މުހިންމު މަޝްރޫއުގެ ތެރެއިން ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ގޯއްޗާއި ފުލެޓް ލިބޭ ފަރާތްތަކަށް ފުލެޓާއި، ގޯތި މި ވެރިކަން ނިމުމުގެ ކުރިން ހަވާލުކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަސްލު ޓީވީ"ން ކުރި ސުވާލަކަށް ޖަވާބުދެއްވައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ މި ސަރުކާރުގެ އެންމެ މުހިންމު އަދި އެންމެ ބޮޑު ޕްރޮޖެކްޓްކަމަށެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ރަސްމާލެ ނުވަތަ މާލެ ސަރަހައްދުގައި ފަށާފައިވާ ޕްރޮޖްކްޓް ތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ރައީސް ވިދާޅުވީ ފްލެޓްތައް އެޅުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި، އަވަސް މުއްދަތެއްގެ ތެރޭގައި މި މަސައްކަތް މުޅިން ނިންމައި، އޭގެ ހައްގުވެރި ފަރާރްތަކާއި، ހަވާލުކުރައްވާނެ ކަމަށެވެ.
ފުލެޓާއި، ގޯތި ދިނުމުގެ ވައުދަކީ މީގެ ކުރީގެ ސަރުކާރުތަކުން ވެސް ރައްޔިތުންނަށް ވެވައިފާ ވައުދުތަކެއް ކަމަށާއި، އެހެން ނަމަވެސް ވެރިކަން ނިމުމުގެ ކުރިން މިހާތަނަކަށް އެއްވެސް ވެރިކަމެއްގައި މި ވައުދު ފުއްދައިދީފައި ނުވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އެ ވައުދުތައް ފުއްދުމުގައި އަމަލީ ގޮތުން އެކަން ރައްޔިތުންނަށް ދައްކަވާނެ ކަމަށެެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އަތޮޅުތެރޭގައި ގާއިމުކުރާ ހައުސިން ޕްރޮޖެކްޓްތަކަށް ވެސް އަލިއަޅުވާ ލައްވަމުން ރައީސް ވިދާޅުވީ އަތޮޅުތެރޭގައި ގާއިމުކުރާ ހައުސިން މަޝްރޫއުތައް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ރައީސް ވަނީ ކުޅުދުއްފުށީ ސިޓީ އަކީ އަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ޕޮްރޮޖެކްޓް ހިނގާ ސިޓީކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ފުލެޓާއި ގޯތި ދޫކުރުމުގައި ކޮރޮޕްޝަނަށް މަގުފަހިވާނެ ނުވަތަ އެފަދަ ކަމަކަށް ހިތްވަރުދޭނެ ފަރާތެއްވެސް މި ޕްރޮޖެކްޓްތަކު ނުހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

މަޝްރޫއުތައް ސުންގަޑިތަކަށް ނިންމަން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަނީ
5 ގަޑިއިރު ކުރިން

ސިނގިރޭޓްގެ ޑިއުޓީ އަގު ކުޑަ ކުރުން އެއީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން: ރައީސް
5 ގަޑިއިރު ކުރިން

ފަރަންސޭސި ވިލާތުގެ ޖަންގައްޔެއްގައި ރޯވެ ދެ ހެކްޓަރަށްވުރެ ބޮޑުބައި އަދައި ހުލިވެއްޖެ!
10 ގަޑިއިރު ކުރިން

ޕޭޕަލްގެ ޙިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުންދަނީ: ރައީސް
11 ގަޑިއިރު ކުރިން


.gif&w=3840&q=75)