
ސިނގިރޭޓްގެ ޑިއުޓީ އަގު ކުޑަ ކުރުން އެއީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން: ރައީސް

ރިޟްވާން މޫސާ - 29 ޖޫން 2026 - 13:38
ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަކީ ފަހަތަށް އަޅާ ފިޔަވަޅެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދުންފަތާއި، ސިނގިރޭޓްގެ ޑިއުޓީގެ މައްސަލަ އާއި ގުޅިގެން "އަސްލުޓީވީ"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަކީ ފަހަތަށް އަޅާ ފިޔަވަޅެއް ނޫންކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ ސިނގިރޭޓުން ނަގާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައުމަށް ނިންމާފައިވާ މައިގަނޑު ބަދަލަކީ މިހާރު ސިނގިރޭޓަކުން ނަގަމުންދާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ދަށްކުރުމެވެ.
އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ފަށައިފިނަމަ، މިއަހަރުގެ ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީން ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ މަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަށާޖެހޭ ސިއްހީ ސިޔާސަތެއްގެ ތެރެއިން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން ކަމަށާއި، އެގޮތުން މިހާރު ކުރިއަށްދާ މަރުހަލާއަކީ ވެސް ސިއްހަތަށް ގެއްލުންވާ ކަންކަމުން ދުރުކުރުވުމަށް ކުރެވޭ މަސައަކަތެއް ކަމަށެވެ. އެހެންކަމުން މިއީ ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ފަހަތަށް އަޅާ ފިޔަވަޅެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކުރި އިރު، އެ އިސްލާހުގެ މައިގަނޑު މަގްސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގުތިޞާދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

މަޝްރޫއުތައް ސުންގަޑިތަކަށް ނިންމަން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަނީ
5 ގަޑިއިރު ކުރިން

ފަރަންސޭސި ވިލާތުގެ ޖަންގައްޔެއްގައި ރޯވެ ދެ ހެކްޓަރަށްވުރެ ބޮޑުބައި އަދައި ހުލިވެއްޖެ!
10 ގަޑިއިރު ކުރިން

ޕޭޕަލްގެ ޙިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުންދަނީ: ރައީސް
11 ގަޑިއިރު ކުރިން

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރަން ކޮމިޓީން ފާސްކޮށްފި
11 ގަޑިއިރު ކުރިން


.gif&w=3840&q=75)