
ފަރަންސޭސި ވިލާތުގެ ޖަންގައްޔެއްގައި ރޯވެ ދެ ހެކްޓަރަށްވުރެ ބޮޑުބައި އަދައި ހުލިވެއްޖެ!

ރިޟްވާން މޫސާ - 29 ޖޫން 2026 - 08:20
ހޫނު މޫސުމުގެ ހޫނުގެ ސަބަބުން ފަރަންސޭސި ވިލާތުގެ ޖަންގައްޔެއްގައި ރޯވެ އަލިފާންގަނޑު ދެ ހެކްޓަރަށް ވުރެ ބޮޑު ބައެއް އަދައި ހުލިވެއްޖެ އެވެ.
މި ގަދަ ހޫނުގެ ސަބަބުން ފަރަންސޭސި ވިލާތް ނޫނަސް ވިލާތުގެ އެހެން ގައުމުތަކަށް ވެސް ވަނީ ހޫނުގެ ސަބަބުން ޖަންގަލި ތަކުގައި ރޯވެފަ އެވެ. މި ގަދަހޫނުގެ އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރަންސޭސިވިލާތުގެ ސިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ.
އެގޮތުން ފަރަންސޭސިވިލާތާއި، ސްޕެއިން، ޖަރުމަނުވިލާތް، ޑެންމާކް، ސްވިޓްޒެލޭންޑް، ގްރީސް އަދި ޗެކް ރިޕަބްލިކްގައި ރެކޯޑު މިންވަރަކަށް ހޫނުގަދަވެ، އެކި ސަރަޙައްދުތަކުގައި ހުރި ޖަންގަލިތަކުގައި ވަނީ ރޯވެފައެވެ.
ބައިނަލް އަގުވާމީ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، ގަދަހޫނާ ގުޅުންހުރި 100އަށް ވުރެ ގިނަ މަރު ރެކޯޑުކުރެވިފައިވާކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.
ގަދަހޫނުން ސަލާމަތްވާން ކޯރުތަކާއި ސްވިމިން ޕޫލްތަކަށް އެރޭ މީހުން ގިނަވެ، ގެނބިގެން މަރުވި މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. މިގޮތުން، މިހާތަނަށް ގެނބިގެން މަރުވި މީހުންގެ ޢަދަދު 74އަށް ވަނީ އަރައިފައެވެ.
ޗެކް ރިޕަބްލިކްގައި މިހާތަނަށް އެންމެ މަތީ ފިނިހޫނުމިން ރެކޯޑްކޮށްފައިވާއިރު، ޕްރާގުގެ އުތުރުގައި އޮންނަ ޑޮކްސާނީގެ މޫސުމާ ބެހޭ މަރުކަޒެއްގައި 40.6 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިން ރެކޯޑްކޮށްފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (ސީއެޗްއެމްއައި)އިން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަޝްރޫއުތައް ސުންގަޑިތަކަށް ނިންމަން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަނީ
5 ގަޑިއިރު ކުރިން

ސިނގިރޭޓްގެ ޑިއުޓީ އަގު ކުޑަ ކުރުން އެއީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން: ރައީސް
5 ގަޑިއިރު ކުރިން

ޕޭޕަލްގެ ޙިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުންދަނީ: ރައީސް
11 ގަޑިއިރު ކުރިން

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރަން ކޮމިޓީން ފާސްކޮށްފި
11 ގަޑިއިރު ކުރިން


.gif&w=3840&q=75)