
ޕޭޕަލްގެ ޙިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުންދަނީ: ރައީސް

ރިޟްވާން މޫސާ - 29 ޖޫން 2026 - 07:58
އުރީދޫ އާއި ގުޅިގެން ސަރުކާރުން ދާދި ފަހަކުން ތައާރަފް ކުރި ޕޭޕަލް އެކައުންޓް ނުވަތަ ޕޭޕަލް އަށް އާންމުންގެ މެދުގައި ތަރުހީބު ލިބެމުން އަންނަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ޕޭޕަލް އަށް ތަރުހީބު ލެބެމުން އަންނަކަން ފާހަގަކުރައްވާފަ އެވެ . އެގޮތުން ރައީސް ވަނީ ރާއްޖެއަށް އަލަށް ތަޢާރަފުކުރި ޕޭޕަލްގެ ޚިދުމަތާ 3280 ފަރާތަކުން ގުޅިފައިވާކަން ފާހަގަކުރައްވާފަ އެވެ.
އަލަށް މި ޙިދުމަތްތަކާއި މީހުން ގުޅެމުން ދާއިރު މިހާތަނަށް 2159 ފަރާތަކުން ޕޭޕަލް ޙިދުމަތުގެ ވޮލެޓް އެކްޓިވޭޓް ކޮށްފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެ ގެނައުމަކީ ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުނުވެ އޮތް ކަމެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން ކުރެއްވި މަސައްކަތުން މިއަދު އެކަން ކާމިޔާބު ކުރެވިފައިވާ ކަމަށާއި ދެން މަސައްކަތް ކުރައްވާނީ އެ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށް ކަމަށެވެ.
ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކުރި މި މަހުގެ 15ވަނަ ދުވަހުއެވެ. ޒަމާނީ އޮންލައިން ޕޭމެންޓް ސިސްޓަމްތައް ހިމެނޭހެން އީވޮލެޓް ތާޢަރްފްކުރުމާއި، މާލީ މުޢާމަލާތުތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ދޭންފެށީ ޕޭޕަލްއާއި އުރީދޫ އާ ދެމެދު ޤާއިމުކޮށްފައިވާ ސީމްލަސް އިންޓަގްރޭޝަންގެ ތެރެއިން އުރީދޫ އެމް-ފައިސާ މެދުވެރިކޮށެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ޤާއިމުކުރުމާއެކު މިހާރު ރާއްޖެ ހިމެނިގެން ދަނީ މި ސަރަޙައްދުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިޤްޠިޞާދުތަކުގެ ލިސްޓުގައެވެ.
މިއީ ރާއްޖޭގައި ކުރެވޭ އޮންލައިން މާލީ މުއާމަލާތްތަކަށް އިންގިލާބީ ބަދަލެއް ގެނުވާނެ ބޮޑު ކުރިއެރުމެކެވެ. މިފަދަ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައިނަލްއަޤްވާމީ މާކެޓުތަކާއި ހަމައަށް ވާސިލުވުމުގައި އޮތް ދަތިތަކެވެ. ބޭރުން ލިބޭ ޑޮލަރު އަތަށް އެރުމަށް އޮންނަ ހުރަސްތަކެވެ. މިކަމަށް ޙައްލެއް ގެނެސްދިނުމަށް ސަރުކާރުން ކުރި މަސައްކަތުން އުރީދޫއިން މިހާރު ވަނީ، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކޮށްފައެވެ.
ޕޭޕަލް ނުވަތަ ޑިޖިޓަލް ވޮލެޓެއްގެ ސިފައިގައި މި ޕްލެޓްފޯމް ރާއްޖެއަށް ތައާރަފް ކުރަން ވަނީ އެހެން ވެރިކަން ތަކުގައިވެސް އެކި ފަންތީގައި މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް މި ކަމަކަށް އަމަލީ ސިފައިއެއް ނުލިބި އޮއްވައި މިސަރުކާރުން މިވަނީ އެކަން ހަގީގަތަކަށް ހަދައިދެއްވައި މި މަހުގެ 15 ވަނަ ދުވަހު ރަސްމީ ގޮތެއްގައި ރާއްޖެއަށް ޕޭޕަލް ތައާރަފްކުރައްވައި ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

މަޝްރޫއުތައް ސުންގަޑިތަކަށް ނިންމަން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަނީ
5 ގަޑިއިރު ކުރިން

ސިނގިރޭޓްގެ ޑިއުޓީ އަގު ކުޑަ ކުރުން އެއީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން: ރައީސް
5 ގަޑިއިރު ކުރިން

ފަރަންސޭސި ވިލާތުގެ ޖަންގައްޔެއްގައި ރޯވެ ދެ ހެކްޓަރަށްވުރެ ބޮޑުބައި އަދައި ހުލިވެއްޖެ!
10 ގަޑިއިރު ކުރިން

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރަން ކޮމިޓީން ފާސްކޮށްފި
11 ގަޑިއިރު ކުރިން


.gif&w=3840&q=75)