logo

ރޭ އަލިފާން ރޯވެފައިވަނީ ހުސްތަނެއްގައި، މީހަކަށް އަނިޔާއެއް ނުވޭ: އެންޑީއެމްއޭ

profile

ރިޟްވާން މޫސާ - 22 ނޮވެމްބަރު 2026 - 09:41

ރޭ އަލިފާން ރޯވި ހ. ބެރަބެދިމާގޭގެ ދެވަނަ ފަންގިފިލާއަކީ ހުސް ތަނެއް ކަމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

https://wamco.com.mv/

ހ. ބެރަބެދިމާގޭގެ ދެވަނަ ފަންގިފިލާގައި ރޭ ހިނގި މި ހާދިސާ ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 11:30 ހާއިރު އެވެ. އެހެން ނަމަވެސް އެމްއެންޑީއެފްގެ ފަޔާ ފައިޓަރުންގެ މަސައްކަތާއެކު ރޭ ގާތްގަނދަކަށް 12:30 ހާއިރު ވަނީ އަލިފާން ނިއްވާލާފަ އެވެ.

އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހިސާބަށް ނުދިޔަ ކަމަށާއި އެހީތެރިކަމަށް އެއްވެސް ފަރާތަކުން އެދިފައި ވެސް ނުވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ދޭތެރެދޭތެރެއިން މާލެ ސަރަހައްދުގައި އަލިފާނުގެ ހާދިސާތައް ހިނގަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

ދާދި ފަހަކުން ވަނީ ށ.ފުނަދޫގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި އެރަށުގެ ހަތުރު ގެއަކާއި، ދެ ގުދަނެއްގެ އިތުރުން އެރަށުގައި ހުންނަ ޕެޓްރޯލް ޝެޑް ވެސް ރޯވެ އަދައި ހުލިވެފަ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319