logo

އަޅުގަނޑަށް ފެންނަނީ މުޅިންވެސް މި ސަރުކާރުގެ ކޮރުކަން: ރައީސް ޔާމީން

profile

ރިޟްވާން މޫސާ - 22 ނޮވެމްބަރު 2026 - 09:40

އެމަނިކުފާނަށް މުޅިން ވެސް ފެނިވަޑައިގަންނަވަނީ މި ސަރުކާރުގެ ކޮރުކަން ކަމަށާއި އިތުރު އެހެން އެއްވެސް ސިފައެއް ނުވަތަ ރަނގަޅު އާދައެއް ރަނގަޅު އުސޫލެއް މި ސަރުކާރުގައި ނެތް ކަމަށް ޕީއެންއެފްގެ ލީޑަރު އަދު ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ޕީއެންއެފް އިން ބާއްވަމުން އަންނަ ސިލްސިލާ ޓައުންހޯލް ޖަލްސާގެ ތެރެއިން ބޭފުޅަކު ކުރެއްވެވި ސުވާލަކަށް ރައްދު ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ރަނގަޅަށް ވެސް މިހާތަނަކަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރަކުން ކުރަމުން ގެންދާ ކަންކަން ގޯހުން ދާނަމަ ހުއްޓުވަން ކަނޑައަޅުއްވާފައި ތިއްބެވި ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން އެ މަސައްކަތް ކުރަނީ ވެސް ސަރުކާރުން ދީފައިވާ ފައްޓަރުބައެއް އަޅުއްވައިގެން ކަމަށާއި، މަޖިލީހުގެ މަސައްކަތްތައް ވެސް އޮންނަނީ ސަރުކާރުގެ އަތްދަށުގައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ޝަރަފުގެ އެވޯޑު އަރުވާފައިތިއްބަވާ ބޭބޭފުޅުންނަށް ވެސް މި ގައުމަށް މިވަރުގެ ބޮޑެތި ގެއްލުންތައް ވަމުން އަންނަ އިރު މިއިން އެއްވެސް ބޭފުޅެއްގެ ޒިންމާއެއް މިއަދު ފެންނަން ނެތް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް މިއަދު ކުރައްވަނީ އެމަނިކުފާނު ކަމަށާއި، މި މަސައްކަތް ކުރުމުގައި އެމަނިކުފާނުގެ ލޮލަކަށް ސަރުކާރުގެ ކޮރުކަން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނުފެންނަ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ދިވެހި ރާއްޖެއަށް މިފަދަ ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު ދިވެހި ދައުލަތުން އިއްޒުއްދީނުގެ ލަގަބާއި، ބުލީގެ ލަގަބާއި، ޝަރަފުގެ ލަގަބުތައް ނަގާފައިތިއްބެވި ބައިވަރު ދޮށީ ސިޓިޒަނުން އެބަތިއްބެވި ކަމަށެވެ.

ސަރުކާރަށް ފާޑުވިދާޅުވެލައްވަމުން ރައީސް ޔާމީން ވިދާޅުވީ އެބޭފުޅުން އެ ތިއްބެވީ ސަރުކާރުން ދީފައިވާ އެކިވައްތަރުވައްތަރުގެ ފަށްޓަރުބައިތަކެއް އަޅުއްވައިގެން ކަމަށެވެ.

https://wamco.com.mv/
tel:+9607331319