logo
ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިއެއް، ފޮޓޯ: ސޯޝަލް މީޑިއާ

ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިއެއް، ފޮޓޯ: ސޯޝަލް މީޑިއާ

ކާބޯތަކެތީގެ އަގު ބަދަލެއްނެތި ހެޔޮކޮށް ލިބޭނެ: އެސްޓީއޯ

profile

އާމިނަތު ޝަޒްލާ - 22 ނޮވެމްބަރު 2026 - 09:41

ދިވެހިރާއްޖޭގެ ބާޒާރުގައި އަސާސީ ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ޢާންމުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، ރައްޔިތުންނަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އަގުތަކަށް އެއްވެސް ބަދަލެއް ނުގެނެސް ހެޔޮ އަގުގައި ފޯރުކޮށްދެމުންދާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

https://wamco.com.mv/

އެސްޓީއޯއިން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، މިވަގުތު އަމިއްލަ ބައެއް ފިހާރަތަކުގައި އާދަޔާ ޚިލާފަށް އަގު އުފުލިފައިވާ ކެރެޓް ކިލޯއެއް އެ ކުންފުނިން ވިއްކަމުންދަނީ 40 ރުފިޔާއަށް ކަމަށާއި، އަދި ބާޒާރުގައި އަގު ބޮޑުވަމުންދާ ކުކުޅު ބިހެއް އެސްޓީއޯގެ ފިހާރަތަކުން 2 ރުފިޔާއަށް ލިބެން ހުރިއިރު، ބިސް ކޭހެއް ވިއްކަނީ 415 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މީގެއިތުރުން، އާންމު ދިރިއުޅުމަށް އެންމެ ބޮޑަށް ބޭނުންވާ އެހެނިހެން ބާވަތްތަކަށް ބަލާއިރު، ފިޔާ ކިލޯއެއް 15 ރުފިޔާއަށް، ލޮނުމެދު ކިލޯއެއް 50 ރުފިޔާއަށް، އަދި އަލުވި ކިލޯއެއް 12 ރުފިޔާއަށް ވިއްކަމުންދާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ޤާއިމުކޮށްފައިވާ "އަގުމަގު" ޕޯޓަލްގެ ހިސާބުތަކަށް ބަލާއިރު، މި ހިނގާ މަހުގެ ކުރީކޮޅު މާލޭގެ ބައެއް ފިހާރަތަކުން 25 ރުފިޔާއަށް ވިއްކި ކެރެޓް ކިލޯއެއްގެ އަގު ވަނީ 50 ރުފިޔާއިން ފެށިގެން 120 ރުފިޔާއާ ދެމެދުގެ އަގުތަކަކަށް އުފުލިފައެވެ. އަދި އާންމު ބައެއް ފިހާރަތަކުގައި ކުކުޅު ބިހެއްގެ އަގު 3 ރުފިޔާއަށް ވުރެ މައްޗަށް ޖައްސާފައިވާކަން ވެސް މި ޕޯޓަލްގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. މިކަމާ ގުޅިގެން ޢާންމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ ފަރާތުން ދަނީ ބޮޑެތި ޝަކުވާތަކާއި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން އެސްޓީއޯއިން ދެއްވި ޔަޤީންކަމަކީ، ރާއްޖެއަށް ބޭނުންވާ އެއްވެސް އަސާސީ ކާބޯތަކެއްޗެއްގެ ދަތިކަމެއް ނުވަތަ ޝޯޓޭޖެއް މިވަގުތު މާކެޓުގައި ނެތް ކަމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް އެކަށީގެންވާ ވަރަށް ކާބޯތަކެތީގެ ސްޓޮކް އެ ކުންފުނީގެ ގުދަންތަކުގައި އެބަހުރި ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.

ރާއްޖެއަކީ ކާބޯތަކެތީގެ ބޮޑު ބައެއް ބޭރު ޤައުމުތަކުން އިމްޕޯޓްކުރާ ޤައުމަކަށް ވުމާއެކު، ބައިނަލްއަޤްވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖޭގެ ބާޒާރަށް ކުރުމަކީ އާންމު ކަމެކެވެ. މީގެއިތުރުން ބައެއް ޙާލަތްތަކުގައި ބާޒާރުގެ ޑިމާންޑަށް ބަލައި އަމިއްލަ ބައެއް ވިޔަފާރިވެރިން އަގުތައް އުފުލި ނަމަވެސް، ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ދިވެހި ރައްޔިތުންނަށް ކާބޯތަކެތި ހެޔޮ އަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އަބަދުވެސް މުހިންމު ދައުރެއް އަދާކުރެއެވެ. އެގޮތުން، މިހާރު ފެންނަމުންދާ އަގު އުފުލުންތަކުން ރައްޔިތުންނަށް ލިބޭ ތަކުލީފު ކުޑަކުރުމަށް އެސްޓީއޯއިން ދަނީ އިސްނަގައިގެން މާކެޓަށް މުދާ ނެރެ، އަގުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319