
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެއްޖެ

ރިޟްވާން މޫސާ - 22 ނޮވެމްބަރު 2026 - 09:40
ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގެ ނުސާފުކަން ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް މިއަދު އިތުރުވާން ފަށައިފި އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވައިގެ ފެންވަރު ބެލި ސަރަހައްދުތަކުގެ ތެރެއިން އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ ކަމަށް ރެކޯޑުކުރެވިފައިވަނީ ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ އަދި ވެރިކަން ކުރާ މާލޭގައެވެ.
ވައިގެ ކޮލެޓީ އަންގައިދޭ އައިކިއުއެއާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކުޅުދުއްފުއްޓާއި ފުނަދޫގައި ޔޫއެސް އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ހުރީ 162 ގައެވެ. މިއީ ސިއްހަތަށް ނުރައްކާތެރި މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދެކެވެ.
މި ދެ ރަށުގައި ވެސް ވައިގެ ތެރޭގައި ހުންނަ ކުދި ރަޒާ ނުވަތަ ޕީއެމް2.5 ގެ މިންވަރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 71 މައިކްރޯގްރާމްގައެވެ. މީގެ އިތުރުން، މާލޭގެ އޭކިއުއައި 161 ގައި ހުރިއިރު، ޕީއެމް2.5 ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 70 މައިކްރޯގްރާމްގައެވެ.
މި ތަފާސްހިސާބުތަކަކީ މިއަދު މެންދުރު 12:00 ގައި އައިކިއުއެއާއިން ރެކޯޑުކޮށްފައިވާ އަދަދުތަކެއް ކަމަށާއި، މިއީ އެ ވަގުތު އެ ސަރަހައްދުތަކުގައި ވައިގެ ފެންވަރު ހުރި ގޮތް ކަމަށް އެ އިދާރާއިން ބުނެއެވެ.
ޔޫއެސް އޭކިއުއައި މިންގަނޑުގައިވާ ގޮތުން، 151 އިން 200 އާ ދެމެދުގެ އަދަދުތަކަކީ ސިއްހަތަށް ނުރައްކާތެރި މިންވަރެކެވެ. އަދި 101 އިން 150 އާ ދެމެދުގެ އަދަދުތަކަކީ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރައްކާތެރި މިންވަރެކެވެ. މެދުމިނުގެ ދަރަޖަ ކަމަށްވާ 51 އިން 100 އާ ދެމެދުގެ އަދަދުތަކަކީ އާންމު ގޮތެއްގައި ވައިގެ ފެންވަރު ރަނގަޅު މިންވަރެއް ކަމަށް ބެލެވުނު ނަމަވެސް، އާދަޔާ ހިލާފަށް ނާޒުކު މީހުންނަށް އޭގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ޣައްޒާއަށް އަނެއްކާވެސް ނުރައްކާތެރި ހަމަލާތަކެއް ދީފި
5 ގަޑިއިރު ކުރިން

ކާބޯތަކެތީގެ އަގު ބަދަލެއްނެތި ހެޔޮކޮށް ލިބޭނެ: އެސްޓީއޯ
7 ގަޑިއިރު ކުރިން

ރޭ އަލިފާން ރޯވެފައިވަނީ ހުސްތަނެއްގައި، މީހަކަށް އަނިޔާއެއް ނުވޭ: އެންޑީއެމްއޭ
7 ގަޑިއިރު ކުރިން

އަޅުގަނޑަށް ފެންނަނީ މުޅިންވެސް މި ސަރުކާރުގެ ކޮރުކަން: ރައީސް ޔާމީން
7 ގަޑިއިރު ކުރިން


