logo
ޚާން ޔޫނިސްގެ ހުޅަނގުގައި އޮންނަ އަލްމަވާސީ ސަރަހައްދުގައި ރެފިއުޖީން ދިރިއުޅެމުންދިޔަ ވަގުތީ ފޭލިގެތައް، ފޮޓޯ: އަލް ޖަޒީރާ

ޚާން ޔޫނިސްގެ ހުޅަނގުގައި އޮންނަ އަލްމަވާސީ ސަރަހައްދުގައި ރެފިއުޖީން ދިރިއުޅެމުންދިޔަ ވަގުތީ ފޭލިގެތައް، ފޮޓޯ: އަލް ޖަޒީރާ

އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ޣައްޒާއަށް އަނެއްކާވެސް ނުރައްކާތެރި ހަމަލާތަކެއް ދީފި

profile

އާމިނަތު ޝަޒްލާ - 22 ނޮވެމްބަރު 2026 - 12:21

ހަމަލާތައް މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވެ، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ޣައްޒާގެ އެކި ސަރަހައްދުތަކަށް ޑްރޯނާއި ކަނޑުމަގުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

https://wamco.com.mv/

މި ހަމަލާތަކުގައި ޚާން ޔޫނިސްގެ ހުޅަނގުގައި އޮންނަ އަލްމަވާސީ ސަރަހައްދުގައި ރެފިއުޖީން ދިރިއުޅެމުންދިޔަ ވަގުތީ ފޭލިގެއަކަށް އިޒްރޭލުގެ ޑްރޯނަކުން ދިން ނުރައްކާތެރި މިސައިލް ހަމަލާއެއްގައި ދެ މީހަކު ޝަހީދުވެ، އިތުރު ތިން މީހަކު ވަނީ ބޮޑެތި ޒަޚަމްތަކަކާ އެކު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަލްމަވާސީ އަކީ އިޒްރޭލު ސިފައިންގެ އަމުރަށް ރައްކާތެރިކަން ހޯދުމަށް އާންމުން އެއްވެފައިވާ "އިންސާނީ އެހީގެ ރައްކާތެރި ސަރަހައްދެއް" ކަމަށް ބުނެފައިވާ ތަނަކަށް ވިޔަސް، އެ ސަރަހައްދަކީ ވެސް އެއްވެސް އަމާންކަމެއް ނެތް ތަނެއްކަން މި ހަމަލާއިން ވަނީ ހާމަވެފައެވެ.

މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގެ މައި މަގެއް ކަމަށްވާ ސަލާހުއްދީން މަގުން ހިނގާފައި ދިޔަ އާންމު ރައްޔިތުންނަށް އަމާޒުކޮށް، އިޒްރޭލުގެ ކުއަޑްކޮޕްޓަރު ޑްރޯންތަކުން ވަނީ ބަޑީގެ ހަމަލާތައް ދީފައެވެ. އަދި އާންމުން ދިރިއުޅޭ އިމާރާތްތަކުގެ ފުރާޅުތަކުގެ މައްޗަށް ޑްރޯން ބޭނުންކޮށްގެން ގޮވާތަކެތި ވައްޓަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރެއިން ގިނަ ގޮވާތަކެއްޗަކީ ވަގުތުން ގޮއްވާލުމުގެ ބަދަލުގައި ވަކި ވަގުތަކުން ނުވަތަ މީހުން ކައިރިވުމުން ގޮވާ ގޮތަށް ފަހަށް ތައްޔާރުކޮށްފައި ހުންނަ ނުރައްކާތެރި އެއްޗެހި ކަމަށް ވާތީ، އެކަމުގެ ސަބަބުން ކުޑަކުދިންނާއި އާންމުންގެ ފުރާނައަށް އޮތް ބިރުވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މީގެ އިތުރުން، ޣައްޒާގެ އައްސޭރިފަށާ ކައިރީގައި ގެދޮރު ގެއްލިފައިވާ އާއިލާތަކުން ޖަހާފައިވާ ފޭލިގެތަކަށް އަމާޒުކޮށް، އިޒްރޭލުގެ އަސްކަރީ ކަނޑުބޯޓުފަހަރުތަކުން ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކީ ދިގުދެމިގެންދިޔަ ލާއިންސާނީ އުދުވާނަށް ކުޑަނަމަވެސް ލުޔެއް ލިބިގެންދާނެ ކަމުގެ އުންމީދެކެވެ. ނަމަވެސް، މި އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ދަނީ އެއްބަސްވުމުގެ މާއްދާތަކާ ޚިލާފުވެ، އެކި ބަހަނާތައް ދައްކައިގެން ޣައްޒާގެ ރައްޔިތުންނަށް ހަމަލާތައް އަމާޒުކުރަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޖަރީމާތަކުގައި މިހާތަނަށް އެތައް ހާހަކަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މުޅި ޣައްޒާގެ ބޮޑުބައެއް ސުންނާފަތިވެ، 2 މިލިއަނަށް ވުރެ ގިނަ ރައްޔިތުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ. ސާފު ބޯފެނާއި ކާބޯތަކެއްޗާއި ބޭސްފަރުވާގެ އަސާސީ ޚިދުމަތްތައް ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި، އިޒްރޭލުން ހުއްޓުމެއް ނެތި ދެމުންދާ މިފަދަ ހަމަލާތަކުގެ ސަބަބުން، ޣައްޒާ މިހާރު ވެސް އޮތީ ބިރުވެރިކަމާއި އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ.

https://wamco.com.mv/
tel:+9607331319