logo

ޝެއިހް އިބްރާހިމް ރަޝީދު އިމާމްކަމުން އިސްތިއުފާ ދެއްވައި އައިޔޫއެމްއާ ގުޅިވަޑައިގެންފި

profile

އާމިނަތު ޝަޒްލާ - 11 ޖުލައި 2026 - 11:15

އިސްލާމީ މަރުކަޒުގެ އިމާމްކަމުގެ މަގާމުގައި ހުންނެވި އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން، އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ތައުލީމީ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރެއްވުމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އާ ގުޅިވަޑައިގެންފިއެވެ.

https://wamco.com.mv/

ޝައިޚް އިބްރާހީމް ރަޝީދު ޙަސަން މިކަން ހާމަކުރެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވީ، ވޭތުވެދިޔަ ހަތް އަހަރު ދުވަހު އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެއް ކަމަށެވެ. އަދި މި ނިންމެވުމަކީ ތައުލީމީ ދާއިރާއިންނާއި އުނގަންނައިދިނުމުގެ ރޮނގުން ދިވެހި އުންމަތަށް ޚިދުމަތް ކުރުމުގެ ފުރުސަތު ފުޅާކުރުމަށް ނިންމެވި ނިންމެވުމެއް ކަމުގައިވެސް ވިދާޅުވިއެވެ.

ޝައިޚްގެ ޕޯސްޓުގައި، އެމަނިކުފާނަށް އިތުބާރު ކުރައްވައި އެ މަތިވެރި މަގާމަށް އައްޔަންކުރެއްވި ކަމަށްޓަކައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުން، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކުރީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އަޙްމަދު ޒާހިރު ޢަލީއާއި، މިހާރުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވި އަގުހުރި އިރުޝާދާއި އެއްބާރުލެއްވުމަށްޓަކައި އެ ބޭފުޅުންނަށްވެސް ޚާއްޞަ ޝުކުރެއް ވަނީ ރައްދުކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk