
މިއަދުގެ އިންތިޚާބުން އެނގެނީ ރައްޔިތުން ރައީސްއަށް އިތުބާރުކުރާ މިންވަރު: އަބްދުއްރަހީމް

އާމިނަތު ޝަޒްލާ - 11 ޖުލައި 2026 - 13:46
މިއަދު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިޚާބުން އެނގިގެންދަނީ ރައްޔިތުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިތުބާރުކުރާ މިންވަރު ކަމަށް ޕީއެންސީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އިންތިޚާބަށްފަހު އެ ޕާޓީގެ އިދާރާ ކުރިމަތީ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ވޯޓުލެވޭ މެންބަރުންގެ ތެރެއިން 85 އިންސައްތަ މެންބަރުން ވޯޓުލި ކަމަށް ލަފާކުރެވޭ ކަމަށާއި، އެއީ 32 ހާހާއި 33 ހާހާ ދެމެދުގެ އަދަދެއްގެ މެންބަރުން ކަމަށެވެ. ނަމަވެސް އިންތިޚާބުގައި ވޯޓުލީ މީހުންގެ ހިސާބު އެނގޭނީ ނަތީޖާ އިއުލާނުކުރުމުން ކަމަށް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ އިންތިޚާބު ނިމިގެން ދިޔައީ ސުލްހަވެރިކަމާއެކު ކަމަށާއި، ވޯޓުފޮށި ވަގަށް ނެގުމާއި ފަޅައިލުން ފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި، އިންތިޚާބު ނިމިގެން ދާއިރު 3،000 އަށް ވުރެ ގިނަ އިންތިޚާބީ މެންބަރުން ޕީއެންސީގައި ތިއްބަވާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕީއެންސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ބާއްވާ ދާއިރާތަކުގެ އިންތިޚާބުގައި އެކިއެކި މަގާމުތަކަށް 2،500 އަށްވުރެ ގިނަ މީހުން އިންތިޚާބުކުރާނެ ކަމަށާއި މިއީ ޕާޓީގެ ސިޔާސަތުތައް ފެތުރުމަށް އިސްކޮށް ހަރަކާތްތެރިވާނެ ފަރާތްތައް ކަަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެކްސިޑެންޓު ވުމުން ފިލި އުޅަނދު ހޯދައިދޭން ފުލުހުން އާންމުންގެ އެހީއަށް
4 ގަޑިއިރު ކުރިން

ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓިއުބަކިއުލޯސިސް އަދި މެލޭރިއާގެ ބޯޑު މެންބަރަކަށް ރާއްޖެ
4 ގަޑިއިރު ކުރިން

ދެ ތިޖޫރީއެއް ފަޅާލައި 3 މިލިޔަނަށްވުރެއް ގިނަ ރުފިޔާ ވަގަށްނެގި މީހުންނަށް ދައުވާކޮށްފި
4 ގަޑިއިރު ކުރިން

ޝެއިހް އިބްރާހިމް ރަޝީދު އިމާމްކަމުން އިސްތިއުފާ ދެއްވައި އައިޔޫއެމްއާ ގުޅިވަޑައިގެންފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)