logo

ދެ ތިޖޫރީއެއް ފަޅާލައި 3 މިލިޔަނަށްވުރެއް ގިނަ ރުފިޔާ ވަގަށްނެގި މީހުންނަށް ދައުވާކޮށްފި

profile

އާމިނަތު ޝަޒްލާ - 11 ޖުލައި 2026 - 13:45

މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ދެ ތިޖޫރީއެއް ފަޅާލައި 3 މިލިޔަނެއްހައި ރުފިޔާނެގި މީހުންނަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

https://wamco.com.mv/

މި މައްސަލައަކީ މިދިޔަ މާރިޗު މަހުގެ 15 ވަަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހިނގާފައިވާ ހާދިސާއެކެވެ.

މމި މައްސަލައިގައި ދައުވާކޮށްފައިވަނީ މ. އޭސިޔާ، އަޙްމަދު ފާރިސް އާއި، ހދ. ނޮޅިވަރަންފަރު ޖަޒީލާމަންޒިލް ޖަޒީލު މުޙައްމަދު އާއި، ސ. މީދޫ މޫންލައިޓްވިލާ މުޙައްމަދު އަފްރާޙް އާއި، ރ. މަޑުއްވަރި ދާރުލް އައްވަލް އިސްމާޢީލް ޢާޞިފްގެ އިތުރުން ޅ. ނައިފަރު ކަސްތޫރިމާގެ މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި 5 މީހުން ބައިވެރިވެގެން ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ތިޖޫރީތަކަށް ގެއްލުންދީ، އޭގައި ހުރި 3,992,000 (ތިންމިލިޔަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. މި ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ވައްކަމުގެ ދަޢުވާގެ އިތުރުން، އަޙްމަދު ފާރިސް، ޖަޒީލު މުޙައްމަދު އަދި މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށް އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދަޢުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާވެސް ވަނީ އުފުލާފައެވެ. މި ދެ ދަޢުވާ އުފުލާފައިވަނީ އެޕާޓްމަންޓްގެ ވެރިފަރާތުގެ ހުއްދަނެތި އެތަނަށް ވަދެ، ކޮޓަރިތަކުގެ ދޮރުތަކަށާއި ތިޖޫރީތަކަށް ގެއްލުންދީފައިވާތީއެވެ. މި ކޮންމެ ކުށަކަށް އަސާސީ އަދަބެއްގެ ގޮތުގައި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk