
އެކްސިޑެންޓު ވުމުން ފިލި އުޅަނދު ހޯދައިދޭން ފުލުހުން އާންމުންގެ އެހީއަށް

އާމިނަތު ޝަޒްލާ - 11 ޖުލައި 2026 - 13:46
ދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން 'ލީޖަން 1' ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު ފިލާފައިވާތީ އެ އުޅަނދި ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ބުނީ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން 'ލީޖަން 1' ލޯންޗާއި އިތުރު އުޅަނދެއް ޖެހި ހިނގި މި އެކްސިޑެންޓުގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ލޯންޗުގައި ތިބި ފަސް މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ވަނީ ގެންގޮސް ވަނީ ފަރުވާދީފައި ކަމަށެވެ. އަދި މީގެތެރެއިން ދެ މީހަކަށް ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައި ކަމަށެވެ.
ފުލުހުން ބުނީ އަނިޔާވީ 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނަކަށްކަމަށެވެ.
އެ އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށް ފަހު މަޑުނުކޮށް ފިލައިގެން ގޮސްފައިވާ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަދުގެ އިންތިޚާބުން އެނގެނީ ރައްޔިތުން ރައީސްއަށް އިތުބާރުކުރާ މިންވަރު: އަބްދުއްރަހީމް
4 ގަޑިއިރު ކުރިން

ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓިއުބަކިއުލޯސިސް އަދި މެލޭރިއާގެ ބޯޑު މެންބަރަކަށް ރާއްޖެ
4 ގަޑިއިރު ކުރިން

ދެ ތިޖޫރީއެއް ފަޅާލައި 3 މިލިޔަނަށްވުރެއް ގިނަ ރުފިޔާ ވަގަށްނެގި މީހުންނަށް ދައުވާކޮށްފި
4 ގަޑިއިރު ކުރިން

ޝެއިހް އިބްރާހިމް ރަޝީދު އިމާމްކަމުން އިސްތިއުފާ ދެއްވައި އައިޔޫއެމްއާ ގުޅިވަޑައިގެންފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)