
ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓިއުބަކިއުލޯސިސް އަދި މެލޭރިއާގެ ބޯޑު މެންބަރަކަށް ރާއްޖެ

އާމިނަތު ޝަޒްލާ - 11 ޖުލައި 2026 - 13:46
ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓިއުބަކިއުލޯސިސް އަދި މެލޭރިއާގެ ބޯޑު މެންބަރެއްގެ ގޮތުގައި ތަމްސީލް ކުރުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއަރ އިން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ހާމަކުރިގޮތުގައި މިކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ބައިނަލްއަޤްވާމީ ޞިއްޙަތުގެ ސިޔާސަތު ކަނޑައެޅުމަށް މިހާރަށް ވުރެ ފުޅާ ދައުރެއް އަދާކުރެވޭނެއެވެ.

މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖެނީވާގައި ކުރިއަށްދާ 55 ވަނަ ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓިއުބަކިއުލޯސިސް އަދި މެލޭރިއާގެ ބޯޑު ބައްދަލުވުމުގައި ދިވެހިރާއްޖެ، ދެކުނު އިރުމަތީ އޭޝިއާ ތަމްސީލް ކުރަމުންދާ ކަމަށާއި، މިއީ ލިބިގެން ދިޔަ ފަޚުރެއްކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ.
ރާއްޖެއިން މިމަޤާމު އަދާ ކުރަނީ، ސަރަޙައްދީ ފެންވަރުގައި ޞިއްޙީ ހަމަހަމަކަން ޤާއިމްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ޞިއްޙީ ނިޒާމު ކުރިއެރުވުމަށާއި، އެޗްއައިވީ، ޓީބީ އަދި މެލޭރިއާ އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ ވަޢުދާއެކު ކަމަށެވެ.
ޖެނީވާގައި ބޭއްވި 55 ވަނަ ބޯޑު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޖުލައި މަހުގެ 9 އިން 10 އަށެވެ. އަދި މި އަހަރުގެ އޮކްޓޫބަރު މަހު 56 ވަނަ ބައްދަލުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ މި ކާމިޔާބީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަދުގެ އިންތިޚާބުން އެނގެނީ ރައްޔިތުން ރައީސްއަށް އިތުބާރުކުރާ މިންވަރު: އަބްދުއްރަހީމް
4 ގަޑިއިރު ކުރިން

އެކްސިޑެންޓު ވުމުން ފިލި އުޅަނދު ހޯދައިދޭން ފުލުހުން އާންމުންގެ އެހީއަށް
4 ގަޑިއިރު ކުރިން

ދެ ތިޖޫރީއެއް ފަޅާލައި 3 މިލިޔަނަށްވުރެއް ގިނަ ރުފިޔާ ވަގަށްނެގި މީހުންނަށް ދައުވާކޮށްފި
4 ގަޑިއިރު ކުރިން

ޝެއިހް އިބްރާހިމް ރަޝީދު އިމާމްކަމުން އިސްތިއުފާ ދެއްވައި އައިޔޫއެމްއާ ގުޅިވަޑައިގެންފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)