logo

އީރާން އާއި އެމެރިކާގެ ސުލްހައިގެ މަޝްވަރާތައް ފަށައިފި

profile

ރިޟްވާން މޫސާ - 21 ޖޫން 2026 - 19:14

މެދު އިރުމަތީގެ ހަނގުރާމައިގައި ގޮތެއް ނިންމު މަށްޓަކައި ދެގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމުގެ ތެރެއިން ސުލްހައިގެ މަޝްވަރާގެ ފަހު ބައްދަލުވުން ފަށައިފި އެވެ.

https://wamco.com.mv/

އީރާން އާއި އެމެރިކާ އާއެކު މެދު އިރުމަތީގައި ކުރިއަށް ގެންދިޔަ ވަރުގަދަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި ސުލްހައިގެ މަޝްވަރާތަކެއް ބޭއްވުމަށް ދެގައުމުގެ ދެމެދުގައި އެއްބަސްވުން ގާއިމުކޮށް މި މަޝްވަރާތައް ބާއްވާފައި ވަނީ ސްވިޒްލޭންޑް ގަ އެވެ.

ދެގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރަން ބޭއްވި މި ބައްދަލުވުމުގައި މެދު އިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ބޮޑު އިންގިލާބެއް އައިސްފައިވާ ހުރުމުޒް ކަނޑު އޮޅި އަލުން ހުޅުވާލުމާމެދު ނުވަތަ ހުރުމުޒް ކަނޑުއޮޅިން ދަތުރު ކުރުމަށް އޮތް ފުރުސަތު ތަކާމެދު މަޝްވަރާ ކުރުން ހިމެނެ އެވެ.

ހަނގުރާމަ ހުއްޓައިލުމަށް ސުލްހައިގެ މަޝްވަރާތަށް ބޭއްވުމުގެ ކުރިން ވެސް ދެގައުމުގެ ދެމެދުގައި ވަނީ ވަކި ގޮތަކަށް އެއްބަސްވެ ސުލްހަ ގާއިމު ކުރުމަށް ނިންމައި ހަނގުރާމަ ހުއްޓާލާފަ އެވެ.

undefined

އެމެރިކާ އިސްވެ ސުލްހަ ގާއިމުކޮށް ހަނގުރާމަ ހުއްޓާލުމުން އެމެރިކާގެ އެންމެ ބޮޑު މަދަދުގާރު ކަމަށްވާ ޔަހޫދީންގެ ބޮޑު ވަޒީރު ޖައްބާރު ބެންޖަމިން ނަތަންޔާހޫ ވަނީ ގޮތް ހުސްވެ އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އަށް ފާޑުވެސް ކިޔާފަ އެވެ.

ބައިނަލް އަގުވާމީ މަޝްރަހު ދިރާސާ ކުރައްވާ ބައެއް ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި އެމެރިކާ އިސްވެ އޮވެ ހަނގުރާމަ ހުއްޓާލުމާއި ސުލްހަ ގާއިމުކުރަން ނިންމީ ހަނގުރާމަ ހުއްޓައިލުން ނޫން އިތުރު ގޮތެއް އެމެރިކާ އަށް ނެތުމުންނެވެ.

undefined

ނަތަންޔާޔޫ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން ޔަހޫދީން އީރާނާ ދެކޮޅަށް ކުރި ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރެއިން އީރާނުގެ އިސް ވެރިން ޝަހީދުކޮށްލައި، މުޅި މެދުއިރުމައްޗަށް އަތްގަދަކުރަން ރާވާފަ އެވެ. ނަމަވެސް މި ރޭވުން ވަނީ މުޅިން ނާކާމިޔާބުވެފަ އެވެ.

އެމެރިކާ އާއި މުޅިން ބައިއަތު ހިފައިގެން އެމެރިކާގެ މަދަދުގައި މުސްލިމުންނަށް ހަމަލާދީ ހަނގުރާމަ ކުރަމުންދާ އިސްރާއީލުގެ ހައްދުފަހަނަ އެޅި ޖަމާއަޔތަށް މިވަގުތު އޮތީ ގޮތް ހުސްވެ ލުބުނާނުގައި ކުރަމުންދާ ހަނގުރާމައިގައިވެސް ޔަހޫދީންގެ އަސްކަރީ އޮޕަރޭޝަންތައް މުޅިން ހުއްޓިފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk