logo
މ.ވޭވަށު ފެނަކަ ބްރާންޗް

މ.ވޭވަށު ފެނަކަ ބްރާންޗް

ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި

profile

ރިޟްވާން މޫސާ - 22 ޖޫން 2026 - 13:50

މ. ވޭވަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި އެވެ.

https://wamco.com.mv/

މައުލޫމާތު ލިބިފައިވާ ގޮތުގައި ވޭވަށު ފެނަކައިގައި މަސައްކަތް ކުރާ 11 މުއައްޒަފަކު ކުއްލި ގޮތަކަށް ވަކިކޮށްފައިވާ ކަމަށް އެ މުއައްޒަފުންނަށް އަންގާފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް މުއައްޒަފުން ވަކިކޮށްފައިވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް ފެނަކައިން އަދި މިހާތަނަކަށް ހާމަކޮށްފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ސިޔާސީ ނުފޫޒުން މި 11 މުއައްޒަފުން މިއަދު ވަކި ކުރާނެ ކަމަށް މީގެ ކުރިން ވެސް ވަނީ އެރަށު ތެރޭގައި ދެކެވިފަ އެވެ. ވަކިކުރި މުއައްޒަފުންގެ ތެރޭގައި ފެނަކަ ވޭވަށު ބްރާންޗްގައި 6 އަހަރާއި 5 އަހަރާއި ދެމެދު މަސައްކަތް ކޮށްދީފައިވާ މުއައްޒަފުން ވެސް ހިމެނެ އެވެ.

ވޭވަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރިއިރު، އިންތިޚާބުތަކާ ދިމާކޮށް މިސަރުކާރުން ވަނީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބޭނުން ނުވާ މިންވަރަށް މުވައްޒަފުން ނަގާފަ އެވެ. އެކަމުގެ ގެއްލުން އިންތިހާއަށް ބޮޑުވެ، މުވައްޒަފުން މަދު ކުރުމަށް މަޖުބޫރުވުމާއެކު އެކި ރަށްތަކުގެ ފެނަކަ ބްރާންޗުތަކުން މުވައްޒަފުން ދަނީ ވަކި ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk