
ލޯކަލް މާރުކޭޓުގައި ބިދޭސީން ގިނަވެ ދިވެހި ވިޔަފާރިވެރިން ރުޅިގަދަވެއްޖެ!

ރިޟްވާން މޫސާ - 22 ޖޫން 2026 - 07:49
މާލޭގެ ލޯކަލް މާރުކޭޓު ތަކުގައި ދިވެހި ވިޔަފާރިވެރިން މަދުވެ ދިދޭސީ ފަރާތްތައް ގިނަވަމުންދާތީ އެކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަން ފަށައިފި އެވެ.
"އަސްލުޓީވީ"ން މާލޭގައި ހުރި ކަރާ މާރުކޭޓަށް ދިއުމުން ވަރަށް ގިނަ އަދަދެއްގެ ދިވެހި ވިޔަފާރި ކުރާ ފަރާތްތަކުން ވެސް ވަނީ މި ޝަކުވާ ކޮށްފަ އެވެ.
ވިޔަފާރި ވެރިންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ދިވެހިންނަށް ހާއްސަކޮށްގެން ދޫކުރާ މި ވިޔަފާރިތަކަށް ބިދޭސީން އަތްގަދަ ކުރާ މައްސަލަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ގޮތުގައި މުޅި މާރުކޭޓުގެ 70 އިންސައްތަ ވިޔަފާރި ގޮޅި ތަކުގައި ސޭޓުންނަށް ތިބީ ބިދޭސީ ފަރާތްތަކެވެ.

ރާއްޖޭގައި ކުރެވޭ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކާއި، ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުގައި ބިދޭސީ ފަރާތްތައް ތިބުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
ނަމަވެސް ބިދޭސީން ދިރިއުޅޭ މިންވަރު ރާއްޖޭގައި އިތުރުވެ ކޮންމެ ދިމާލަކުން ވެސް ބިދޭސީން ހަރަކާތްތެރިވަމުން އަންނަ ކަމީ ފާހަގަކޮށްލެވޭ ކަމެކެވެ.
ލޯކަލް މާރުކޭޓުގައި ބިދޭސީން އިތުރތުވެފައިވާއިރު ވިޔަފާރިވެރިން ވަނީ އެތަންތަނުގެ ކުލި ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް އެތަށް ގުނަ އަކަށް އަގުބޮޑުވެފައިވާ މައްސަލަ ވެސް ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން ބިދޭށީން މިފަދަ ކަންކަމުގައި އިތުރުވުމުގެ ސަބަބުން ދިވެހި އުފެއްދުންތެރިިކަމުން އުފައްދާ ތަކެތި ވިއްކުމަށް ހުރަސްތަކެއް ކުރިމަތިވެ ބޭރުން އެތެރެ ކުރާ ކާބޯތަކެތީގެ ބާވަތްތައް ރާއްޖޭގައި އިތުރުވަމުން އަންނަ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި ރާއްޖޭގައި ހައްދާ ކިއުކަންބާ، ކަރާ، ބަރަބޯ އަދި މިރުހާޢި ފަޅޯ ފަދަ ތަކެތީގެ އިތުރުން ކަރަލަކީ ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފައްދާ ހައްދާ ތަކެއްޗެވެ. ނަމަވެސް މިހާރު މާރުކޭޓުން ފެންނަނީ ގިނައިން އިންޕޯޓު ކުރާ ބާވަތްތަކުގެ ތެރެއިން ދޮންކެޔޮ، ބަރަބޯ، ކަރާ ކިއުކަންބާ ފަދަ ތަކެތި ކަމަށެވެ.

ބިދޭށީން ރާއްޖޭގައި ގަވައިދާ ޙިލާފަށް ދިރިއުޅެމުންދާ މައްސަލަ ހައްލުކޮށް އެމީހުންގެ ގައުމަށް އަނބުރައި ފޮނުވާލުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގައި ވެސް މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ޑީޕީޓު ކޮށްފައިވާ ކަން ވެސް ފާހަގަކޮށްލެވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި
6 ގަޑިއިރު ކުރިން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އިސްތިއުފާ ދީފި
7 ގަޑިއިރު ކުރިން

މޯލްޑިވްސް 2.0 ބިލު ހުށަހެޅީ ވޯޓުން ވައްކަން ކުރަން: އަބްދުލްޣަފޫރު
12 ގަޑިއިރު ކުރިން

އެޗްޑީސީގެ ޑިރެކްޓަރު އިސްމާއީލަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި
13 ގަޑިއިރު ކުރިން


.gif&w=3840&q=75)