logo

މޯލްޑިވްސް 2.0 ބިލު ހުށަހެޅީ ވޯޓުން ވައްކަން ކުރަން: އަބްދުލްޣަފޫރު

profile

ރިޟްވާން މޫސާ - 22 ޖޫން 2026 - 07:49

މި ސަރުކާރުން މޯލްޑިވްސް 2.0 ބިލު ނުވަތަ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ހުށަހެޅީ އަންނަ ރިޔާސީ އިންތިޚާބުގައި އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ-ވޯޓިން ތައާރަފުކޮށް އިންތިޚާބުގެ ނަތީޖާއިން ވައްކަންކުރުމަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ތުހުމަތުކުރައްވައިފިއެވެ.

https://wamco.com.mv/

ގަޕޯ އަކީ މި ސަރުކާރުގެ ސިޔާސަތު ތަކާއި މުޅިން އިދިކޮޅު އެމްޑީޕީގެ ފިކުރުގައި އަބަދުވެސް މި ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވަމުން އަންނަ ބޭފުޅެއްކަން ފާހަގަކޮށްލެވެ އެވެ.

ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު, ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގައްދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޢަލީއެވެ.

މަޖިލީހުގައި ބިލަށް ބަހުސްކުރައްވަމުން ޢަބްދުލްޣަފޫރު ވަނީ، ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުގެ މަގުސަދާ ގުޅޭގޮތުން ސުވާލު އުފައްދަވައިފައެވެ. ޢަބްދުލްޣަފޫރު ވިދާޅުވިގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ގާނޫނުތައް ތައާރަފުކޮށް ގާނޫނުތައް އިސްލާހުކުރަނީ ހެޔޮ ނިޔަތުގައި ކަމަށްވީ ނަމަވެސް، ރާއްޖޭގައި ގާނޫނުތައް ތައާރަފުކުރަނީ އެކި ކަންކަމުން ނާޖާއިޒު ފައިދާ ނެގުމުގެ ބޭނުމުގައެވެ.

މޯލްޑިވްސް 2.0ގެ އެންމެހައި ކަންކަން ވިލަރެސްކުރާނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްއިންނެވެ. އެންސީއައިޓީ އުވައިލުމުން އެ އިދާރާއިން ކުރަމުން އައި ހުރިހާ މަސައްކަތަކާއި އެ އިދާރާގެ މަސްއޫލިއްޔަތުތައް މިހާރު އޮންނާނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ދަށުގައެވެ.

ބިލު ގާނޫނަކަށް ވުމުން، ޑިޖިޓަލް ގަވަނަންސް އެޑްވައިޒަރީ ކޮމިޓީގެ ނަމުގައި މޯލްޑިވްސް ޑިޖިޓަލް ސާވިސްއަށް ލަފާދިނުމަށް ކޮމިޓީއެއް އުފައްދަން ޖެހޭނެއެވެ. ހަތް މެންބަރުންގެ އެ ކޮމިޓީގައި ތިބޭނީ ޑިޖިޓަލް ޓެކްނޮލޮޖީ ކޮމިޝަނަރާއި، ނޭޝަނަލް ސައިބާ ސެކިއުރިޓީގެ ފަންނީ މުވައްޒަފަކާއި އައިޓީ ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މާހިރުންނާއި، އަދި އައިޓީ ދާއިރާގެ ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ މާހިރެކެވެ.

ޢަބްދުލްޣަފޫރު ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް ހުށަހެޅި އެއްވެސް ބިލަކުން ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށެވެ. އަދި ވިދާޅުވީ ނަރުދަމާ އެޅުން ފަދަ ކަންކަން ނުކޮށް ސަރުކާރުން މަސައްކަތްކުރަނީ ވަގު ވޯޓު އެޅުމަށް ކަމަށެވެ. މިހާތަނަށް ސަރުކާރުން ހުށަހެޅި އެއްވެސް ބިލަކުން އަދި ކުރި އެއްވެސް ކަމަކުން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށް، އޭނާ ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk