
ޒާތީ މައުލޫމާތު ރައްކާތެރިކުރުމާއި ބެހޭ ބިލު ކޮމިޓީއަށް ފޮނުވައިފި

މުޙައްމަދު ފަޟްލޫން - 22 ޖޫން 2026 - 10:15
ދިވެހިރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި، ބޭނުންކުރުމާއި، އަދި އެފަދަ މަޢުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށްޓަކައި ކަމާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް މަޖިލީހަށް ހުށަހެޅުއްވި ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު ގެ މައިގަނޑު މަޤްޞަދަކީ، ޒާތީ މަޢުލޫމާތު ޕްރޮސެސްކުރުމާއި ބޭނުންކުރުމުގައި ޢަމަލުކުރާނެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމެވެ.
މި ބިލު ގާނޫނަކަށް ވުމުން، މަޢުލޫމާތުގެ ވެރިފަރާތަށް ލިބިގެންވާ ޙައްޤުތައް ކަށަވަރުކޮށްދީ، އެފަދަ މަޢުލޫމާތު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާތަކާއި އެ ފަރާތްތައް ރެގިއުލޭޓްކުރާނެ އުޞޫލުތައް ކަނޑައެޅިގެންދާނެއެވެ.
މީގެ އިތުރުން، ބައިނަލްއަގްވާމީ ފަރާތްތަކާއި ބޭރުގެ އިދާރާތަކަށް ޒާތީ މަޢުލޫމާތު ބަދަލުކުރުމުގައި ގެންގުޅޭނެ ހަމަތަކާއި، ޑޭޓާ ބްރީޗް ފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ އިޖުރާއަތްތައްވެސް މި ބިލުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
މި ބިލުގެ ސަބަބުން، ޑޭޓާ ނިސްބަތްވާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
މި ބިލުގެ ދަށުން ގާނޫނު ތަންފީޒުކޮށް ހިންގުމަށްޓަކައި، ޕްރައިވަސީ ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.
ޕްރައިވަސީ ކޮމިޝަނަރުގެ ދައުރު އަދާކުރައްވާނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އައްޔަންކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން، ޑޭޓާ ކޮންޓްރޯލްކުރާ ފަރާތްތަކާއި ޕްރޮސެސްކުރާ ފަރާތްތަކުގެ ދައުރާއި، ޒިންމާތަކާއި، ރެކޯޑުތައް ބަލެހެއްޓުމާ ގުޅޭ އުސޫލުތައް މި ބިލުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
ވަކި ހާލަތްތަކެއްގައި ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން އައްޔަންކުރުން ލާޒިމުވާނެ ގޮތްތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މި ބިލު ބަލައިގަތުމަށް ފާސްވީ، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީއަށް ފޮނުވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޓްރީޓޮޕުން ލ. އަތޮޅުގައި މަލްޓި ސްޕެޝަލިޓީ ހެލްތު ކޭމްޕް ކުރިއަށް ގެންގޮސްފި
4 ގަޑިއިރު ކުރިން

މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ލަމްހާގެ މައްޗަށް ސާބިތުވެއްޖެ
5 ގަޑިއިރު ކުރިން

ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު، ވަގުތީ ގޮތުން ހުޅުވާލައިފި
5 ގަޑިއިރު ކުރިން

އިމާމުން އިތުރުކުރުމަށް ޢާއްމު އިމްތިޙާނެއް ތަޢާރަފްކުރަނީ
8 ގަޑިއިރު ކުރިން


.gif&w=3840&q=75)