logo

ޓްރީޓޮޕުން ލ. އަތޮޅުގައި މަލްޓި ސްޕެޝަލިޓީ ހެލްތު ކޭމްޕް ކުރިއަށް ގެންގޮސްފި

profile

މުޙައްމަދު ފަޟްލޫން - 22 ޖޫން 2026 - 17:57

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށްގެންދާ މަލްޓި ސްޕެޝަލިޓީ ހެލްތު ކޭމްޕްތަކުގެ ތެރެއިން ދެވަނަ ކޭމްޕް ލ. ގަމުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

https://wamco.com.mv/

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސްޕެޝަލިސްޓް ސިއްހީ ހިދުމަތްތައް ގާތުން ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ހަރަކާތެކެވެ. ގަމު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަމު ކައުންސިލްގެ އިތުރުން އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން މި މަހުގެ 19 އާއި 20 ގައި ބޭއްވި މި ކޭމްޕަށް އެ އަތޮޅުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 492 މީހަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ މަޝްވަރާއާއި ފަރުވާ ވަނީ ދީފައެވެ. މީގެ ސަބަބުން، ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، އަމިއްލަ ރަށުގައި ތިބެގެން ތަޖުރިބާކާރު ޑޮކްޓަރުންގެ ހިދުމަތް ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދިޔައެވެ.

މި ކޭމްޕްގައި ހިތުގެ ބަލިތައް، ހަކުރުބައްޔާއި ހޯރމޯންގެ ބަލިތައް، ކަރުންމަތީގެ ބަލިތައް، އާންމު އޮޕަރޭޝަން، ކަށީގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ބަލިމީހުން ބަލައި، ސިއްހީ ސްކްރީނިންގް އާއި ހޭލުންތެރިކުރުވުމުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި ސިއްހީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި، ގަމުގެ ދަރިވަރުންނަށް ހާއްސަ ސެޝަނެއް ވެސް މި ހަރަކާތުގެ ތެރެއިން ވަނީ ކުރިއަށްގެންގޮސްފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަލްޓި ސްޕެޝަލިޓީ ހެލްތު ކޭމްޕްގެ 18 ވަނަ އެޑިޝަން މިހާރު ވަނީ ބާއްވާފައެވެ.

މި ސިލްސިލާގެ ދަށުން މީގެ ކުރިންވެސް މ، ދ، ތ، ގއ، ގދ، ހއ، ލ، އަދި ށ. އަތޮޅުގައި އެ ހޮސްޕިޓަލުން ވަނީ މިފަދަ ކޭމްޕްތަކެއް ކާމިޔާބީއާއެކު ކުރިއަށް ގެންގޮސްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk