logo

ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު، ވަގުތީ ގޮތުން ހުޅުވާލައިފި

profile

އާމިނަތު ޝަޒްލާ - 22 ޖޫން 2026 - 17:32

ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލެއް ގެނެސް، އެ ސަރަހައްދަކީ ދެކޮޅަށް ދުއްވޭ ތަނެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

https://wamco.com.mv/

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްދާ މަޝްރޫއުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މިހާރު ވަނީ ބަންދުކޮށްފައެވެ. މި ބަދަލާ ގުޅިގެން މަގުތައް ތޮއްޖެހި، އާންމު ދަތުރުފަތުރަށް ދަތިތަކެއް ކުރިމަތިވަމުންދާތީ އާންމުންގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި، ޗާންދަނީ މަގުގެ އެ ސަރަހައްދު ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރީ، ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި ޓްރެފިކް ޕޮލިހުން އެދިވަޑައިގަތުމާ ގުޅިގެންނެވެ. މި ބަދަލާއެކު، އޯކިޑު މަގުން އަންނަ އުޅަނދުތަކަށް ޗާންދަނީ މަގުން ގޮސް ބޮޑުތަކުރުފާނު މަގަށް ނުކުމެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މި އުސޫލަށް އަމަލުކުރަމުންދާނީ ބޭރުމަގުގެ މަސައްކަތް ނިމި، މިހާރު ބަންދުކޮށްފައިވާ ސަރަހައްދު އަލުން ހުޅުވާލެވެންދެނެވެ.

މާލޭގެ ބޭރުމަގު ތަރައްގީކުރުމުގެ މި ބޮޑު މަޝްރޫއު ފަށާފައިވަނީ މިއަހަރުގެ މާޗު މަހުގެ 23 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މަގު ފުޅާކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ވަނީ އަމާޒު ހިފާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk