logo

ފަރުކޮޅުފުށި މާރާމާރީ: ހައްޔަރު ކުރި މީހާގެ ބަންދަށް 5 ދުވަސް

profile

އާމިނަތު ޝަޒްލާ - 22 ޖޫން 2026 - 13:50

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީ ހިއްކި ސަރަހައްދުގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ކޯޓުން އިތުރުކޮށްފިއެވެ.

https://wamco.com.mv/

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި މާރާމާރީގެ ރިޕޯޓް ލިބިފައިވަނީ ރޭ އިރުއޮއްސި 6:37 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވި 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ ފަރުވާދީފައެވެ.

އަނިޔާވި މީހުންގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރެއިން 21 އަހަރުގެ މީހާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމާއެކު، މާރާމާރީގެ ތުހުމަތުގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން ހާމަކުރައްވައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk