logo

މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ލަމްހާގެ މައްޗަށް ސާބިތުވެއްޖެ

profile

އާމިނަތު ޝަޒްލާ - 22 ޖޫން 2026 - 17:33

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަމުގެ ކުށް، ހަލީމަތު ލަމްހާގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

https://wamco.com.mv/

މޭރީ ގްރޭސް މަރާލާފައިވަނީ 19 އޮކްޓޯބަރު 2021 ގައި، އޭނާ ދިރިއުޅެމުންދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައެވެ. މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ، އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ފިރިމީހާ މާވިން އެސްވައިއެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގާއި ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވިގޮތުގައި، އޭނާ މަރުވެފައިވަނީ ބޮލަށް ދީފައިވާ ބާރުގަދަ ހަމަލާތަކެއްގެ ސަބަބުންނެވެ.

މި މައްސަލައިގައި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށްވެސް ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ މިއަދު ހުކުމްކޮށްފައެވެ.

މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާޒިމް ފާހަގަކުރެއްވި ގޮތުގައި، މޭރީ ބެއްލެވި ޑޮކްޓަރުންގެ ހެކިބަހުން އޭނާ ދަންޖެހިގެން މަރުވިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އަދި މޭރީ އެންމެ ފަހުން ދިރިހުއްޓާ ފެނިފައިވަނީ މާވިންއާ އެކު އެ ގޭގައި އުޅެނިކޮށް ކަމަށްވާތީ، ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ގާޒީ ނިންމެވީ މޭރީ މަރާލީ މާވިން ކަމަށެވެ.

މި މަރުގެ ހާދިސާގެ ފަހަތުގައި މާވިންއާއި އައިޖީއެމްއެޗްގެ ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މެދުގައި އޮތް ސިއްރު ގުޅުމެއްގެ ދައުރު އޮތްކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ. ލަމްހާގެ މައްޗަށް މި މައްސަލައިގައި ދައުވާކޮށްފައިވަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.

ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ ހަ އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk