
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އިސްތިއުފާ ދީފި

އާމިނަތު ޝަޒްލާ - 22 ޖޫން 2026 - 12:05
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމަރ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އަމިއްލަފުޅު ޕާޓީ ކަމަށްވާ ލޭބަރު ޕާޓީގެ ފަރާތުން ކުރިމަތިވި ބޮޑު ޕްރެޝަރަކާއި ގުޅިގެން، ބޮޑުވަޒީރު ސްޓާމަރ އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައެވެ. މި ނިންމެވުން އައީ ނޯތު ވެސްޓް އިންގްލެންޑްގެ ގޮނޑިއަކަށް ބޭއްވި ބައި-އިލެކްޝަނުގައި އޭނާގެ ސިޔާސީ ވާދަވެރިޔާ އެންޑީ ބާންހަމް ހޯއްދެވި ބޮޑު ކާމިޔާބީއާ ގުޅިގެންނެވެ.
ހަފްތާ ބަންދުގައި ޗެކަރސްގައި އާއިލާއާއެކު ސިޔާސީ މުސްތަޤުބަލާ މެދު މަޝްވަރާ ކުރެއްވުމަށްފަހު، އިސްތިއުފާގެ ޕްލޭން ހާމަކުރެއްވީ މިއަދު ހެނދުނު ބޮޑުވަޒީރުގެ ރަސްމީ ގޭގައި ދެއްވި ޚިޠާބެއްގައެވެ.
2024 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ހޯއްދެވި ތާރީޚީ ކާމިޔާބީއަށް ދެ އަހަރު ފުރުނުތަނާ ސްޓާމަރ މަޤާމުން ވަކިވެވަޑައިގަންނަވާއިރު، މިއީ ބުރާސްފަތި ދުވަހު ބޭއްވި މެކަލްސްފީލްޑް ބައި-އިލެކްޝަނުން މޮޅުވެ، ބާންހަމް އަލުން މަޖިލީހަށް ވަޑައިގަތުމާ ދިމާވި ވަގުތެކެވެ. ބާންހަމްގެ ކެމްޕޭން ބިނާކުރައްވާފައިވަނީ ޕާޓީގެ އިސްލާޙީ ބަދަލުތަކުގެ މައްޗަށެވެ.
ސަރ ކޭއާ މި ނިންމެވުން ނިންމެވީ ލޭބަރު ޕާޓީގެ އެތެރޭގައި އޭނާއާ މެދު ހިތްހަމަނުޖެހުން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ޚަބަރުތައް ބުނާ ގޮތުގައި، އޭނާ އިސްތިއުފާ ދެއްވުމަށް އެންމެ ބޮޑަށް ބާރުއެޅުއްވީ ފޮރިން ސެކްރެޓަރީ އިވެޓް ކޫޕަރެވެ.
އެޑިއުކޭޝަން މިނިސްޓަރު ބެރޮނެސް ޖެކީ ސްމިތު ވިދާޅުވީ، ބާންހަމްގެ ޒައާމަތުގައި ޚިދުމަތް ކުރައްވަން ތައްޔާރަށް ހުންނެވި ނަމަވެސް، ލޭބަރު ސަރުކާރުތަކުން ލީޑަރުންނާ މެދު އަމަލުކުރާ ގޮތާ މެދު ޕާޓީން ސަމާލުވާންޖެހޭ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި
6 ގަޑިއިރު ކުރިން

ލޯކަލް މާރުކޭޓުގައި ބިދޭސީން ގިނަވެ ދިވެހި ވިޔަފާރިވެރިން ރުޅިގަދަވެއްޖެ!
12 ގަޑިއިރު ކުރިން

މޯލްޑިވްސް 2.0 ބިލު ހުށަހެޅީ ވޯޓުން ވައްކަން ކުރަން: އަބްދުލްޣަފޫރު
12 ގަޑިއިރު ކުރިން

އެޗްޑީސީގެ ޑިރެކްޓަރު އިސްމާއީލަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި
13 ގަޑިއިރު ކުރިން


.gif&w=3840&q=75)