logo

އެޗްޑީސީގެ ޑިރެކްޓަރު އިސްމާއީލަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

profile

ރިޟްވާން މޫސާ - 22 ޖޫން 2026 - 06:45

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާއިލް އަބްދުއްރަޙްމާނަށް ރޭ ތޫނު އެއްޗަކުން ހަމަލާ ދިން މީހާ ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ހުޅުމާލޭ ފޭސް ދޭއްގެ ފަރުކޮޅުފުށީ ހިއްކި ސަރަހައްދުގައި ރޭ އިރާކޮޅުގައި ހިނގި މި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ހިއްސާ ކޮށްފައި ވަނީ ރޭގެ 18:37 ހާއިރު އެވެ.

ފުލުހުން ވަނީ މި މާރާމާރީ އާއި ގުޅިގެން މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ވެސް ބުނެފަ އެވެ.

ފުލުުހުން ބުނީ އެ މާރާމާރީގައި ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެމީހުންގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިސްމާއިލް އަބްދުއްރަޙްމާން އަކީ މީގެ ކުރިން ބޮޑެތި މައްސަލަ ތަކުގައި ދައުލަތުން ދައުވާ އުފުލާފައިވާ ފަރާތެކެވބެ. އެގޮތުން އިސްމާއިލަކީ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި 2022 ވަނަ އަހަރު ހައްޔަރުކުރި ތިން މީހންގެ ތެރެއިން އެކަކެވެ.

އީސްމާއީލްގެ މައްޗަށް އޭރު ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ސާބިތު ނުވާ ކަމަށް ކޯޓުން ކަނޑައެޅުމުން އޭނާ ވަނީ ގެއަށް ދޫކޮށްލާފގަ އެވެ. ނަމަވެސް ގެއަށް ދޫކޮށްލާފައި ވަނީ ފައިގައި ޓެގު އެޅުވުމަށްފަހު ޝަރުތުތަކަކާވެސް އެކުގަ އެވެ.

އެޗްޑީސީގެ ޑިރެކްޓަރެއްގެ ވަޒީފާ އަށް އޭނާ އައްޔަންކޮށްފައި ވަނީ މިސަރުކާރުންނެވެ. އެއީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅުގަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk